މާލޭ އިންޑަސްޓްރިއަލް ވިލެޖް ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ - ޑރ.މުއިއްޒު

މާލޭ ދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލޭޖް އަންނަ ޖުލައި މަހުގެ ސައްބީސްވަނަ ދުވަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަl_145906259012ENmrމުން މިނިސްޓަރު ވިދާޅުވީ، މިމަސައްކަތަށް ސަރުކާރުން ގާތްގަނޑަކަށް ސަތޭކަ ހަތްދިހަ މިލިއަން ރުފިޔާ ޚަރަދު ކުރައްވާނެ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހުރި ވޯކްޝޮޕްތަކާއި ގުދަންތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްކުރާ ކުރާ އެހެނިހެން ތަންތަން ވެސް މިއިންޑަސްޓްރިއަލް ވިލެޖަށް، ބަދަލު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިތަން ތަރައްޤީކޮށްނިމުން، މާލޭގައި އުފެދޭ ކުނި ޖަމާކުރެވޭނީ ވެސް މިސަރަހައްދަށް ކަމަށާ މިތަނުން ތިލަފުއްޓަށް ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ އިންޑަސްޓްރިއަލް ސަރަހައްދު ތަރައްޤީކުރުމަށް، ހަތަރެއް ޕޮއިންޓް ފަހެއް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތްތައް ކުރުމަށް، މާލޭގެ ދެކުނު ފަރާތު، ނެރު ބަންދުކޮށް އިންޑަސްޓްރިއަލް ވިލެޖުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުގެ އިތުމަތީ ކޮޅާ ދިމާއިން ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.