ޓެކްސާސްގައި މައިންބަފައިންނާ ވަކިކުރެވިފައިވާ ކުދީންތިބި ސެންޓަރަށް ވަޑައިގަންނެވި ދަތުރުފުޅުގައި އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ތުރުކުރައްވައިގެން ހުންނެވި ޖެކެޓަށް ގިނަބަޔަކު ފާޑުކިޔައިފިއެވެ. މެލާނިއާ މަތިންދާބޯޓަށް އަރައިވަޑައިގެންނެވި އިރު ތުރުކުރައްވައިގެން ހުންނެވި ކޯޓުގައި ލިޔެފައި އޮތީ "އައި ރިއަލީ ޑޯންޓް ކެއަރ، ޑޫ ޔޫ؟'
މެލާނިއާގެ ސްޕޯކްސްޕާރސަން ވިދާޅުވެފައިވާ ގޮތުގައި އެ ބުނުމުގައި ފޮރުވިފައިވާ މެސެޖެއް ނެތެވެ. ޒާރާ ބްރޭންޑްގެ އެޖެކެޓުގެ އަގަކީ 39 ޑޮލަރެވެ. އަދި ނޫސްވެރީން މެލާނިއާގެ ޖެކެޓަށް ދިން ސަމާލުކަން ކުޑަކުދީންގެ ހައްގުގައި އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް ދިންނަމަ ކުޑަކުދީންގެ ހައްގުގައި މާގިނަ ކަންކަން ހާސިލުވާނެއެވެ.
Today’s visit w the children in Texas impacted @flotus greatly. If media would spend their time & energy on her actions & efforts to help kids - rather than speculate & focus on her wardrobe - we could get so much accomplished on behalf of children. #SheCares #ItsJustAJacket
— Stephanie Grisham (@StephGrisham45) June 21, 2018
މެލާނިއާގެ ފިރިކަލުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނބިކަނބަލުންނަށޤ ފާޑުކީ މީހުންނަށް ރައްދުދެއްވައި ޓްވީޓު ކުރައްވާފާއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މެލާނިއާގެ ޖެކެޓުގައި ލިޔެފައިވާ ލިޔުންކޮޅު ނިސްބަތް ވަނީ 'ފޭކް މީޑިއާ' އަށެވެ. އެކަމާ ގުޅީގެން ނޫސްވެރީން ކުރި ސުވާލުތަކަށް މެލާނިއާ ޖަވާބެއް ނުދެއްވައެވެ.
“I REALLY DON’T CARE, DO U?” written on the back of Melania’s jacket, refers to the Fake News Media. Melania has learned how dishonest they are, and she truly no longer cares!
— Donald J. Trump (@realDonaldTrump) June 21, 2018
މައިންބަފައިންނާ ވަކިކުރެވިފައިވާ ކުދީންނަށް ޒިޔާރަތް ކުރެއްވުމަށް މެލާނިއާ ކުރެއްވި ދަތުރުފުޅަކީ ކުއްލި ދަތުރުފުޅެކެވެ. މިއީ އެކަމަނާ ކުޑަކުދީންގެ ހައްގުގައި ކުރެއވި ދަތުރުފުޅެކެވެ. އެ ޖެކެޓުގެ ސަބަބުން ފާދު ކިއުން އަމާޒުވީ ނަމަވެސް އެކަމަނާގެ މި އިސްނެންގެވުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.