ޕްރިޔަންކާ ޗޯޕްރާގެ 'އަންފިނިޝްޑް' 2019 ގައި ނެރޭނެ

ބޮލީވުޑްގެ ބައެއް ތަރިންނަކީ އެކްޓުކުރުމުގެ އިތުރުން އެމީޙުންނަށް ލިބިފައިވާ އެހެން ހުނަރުތައް ވެސް އެމީޙުންނަށް ތާއީދުކުރާ މީހުންނާ ހިއްސާ ކުރާ ފަންނާނުންނެވެ. ބައެއް ފަންނާނުންނއެކްޓު ކުރުމާ އެކު މިއުޒިކުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެއެވެ. ބައެއް ތަރީން ލިޔުނތެރީންގެ ގޮތުގައިވެސް އފެންނަލެއް މަދެއް ނޫޏެވެ. ޓްވިންކަލް ކަންނާ އާއި ރިޝީ ކަޕޫރް އާއި އަޔުޝްމަންކް ކުރާނާ އާއި ނަސީރުއްދީން ޝާހް އަކީ ލިޔުނެތެރިންނެވެ. މިތަރިންނާ އަލަށް ގުޅެނީ ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާ އެވެ.

ޕްރިޔަންކާ ވަނީ އޭނާ ފޮތެއް ލިޔަމުންދާ ކަން އިނސްޓެގްރާމްގައި ހިއްސާކޮށްފައެވެ. އޭނާގެ އިންސްޓެގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މީގެ ކުރީން މީޑިއާ ނުވަތަ މީހުންނާ ޒާތީ ވާހަކަ ހިއްސާ ކުރުމަކީ އޭނާ ކުރަން ބޭޏުްނވި ކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ޒާތީ ވާހަކަތައް ކިޔައިދޭންވީ ވަގުތު މިހރު މިވަނީ އައިސްފައެވެ. ޕްރިޔަންކާގެ ފޮތުގައި ހިމެނޭނީ އޭނާގެ ޒާތީ ވާހަކަ ލިޔެފައިވާ މަޒުމޫނުތަކާއި، އޭނާ އަށް ކުރެވިފައިވާ ތަޖުރިބާ ތަކުގެ ވާހަކަ އެވެ.

View this post on Instagram

The feeling of checking something off your “bucket list” gives you an indescribable sense of accomplishment...and that’s where I am in this moment. I’ve always wanted to write a book, but the timing never felt right. With each opportunity that presented itself, my first instinct was always to wait...because I wasn’t (and I’m still not) finished. I wanted to do more, live more, and achieve more, before putting pen to paper and exposing things I’ve always kept private to the world. But looking back on my life as a public person, I’m super proud of what I’ve done and where my life is right now. I’ve realized you don’t have to be finished to tell your story, and that sometimes life’s greatest lessons are taught along the ride...when you’re still figuring things out...when you’re #unfinished. So glad to be starting a new chapter (literally) with the amazing teams at Penguin Random House in the US, India, and around the world. If I can...anyone can @penguinusa @randomhouse @penguinindia . ? Credit: Sebastian Kim x Vanity Fair

A post shared by Priyanka Chopra Jonas (@priyankachopra) on

ޕްރިޔަންކާ އަކީ ފެމިނިސްޓެކެވެ. އަންހެނުންނާ ކުޑަކުދީންގެ ހައްގުގައި އޭނާ ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނވެ.  އެހެން ކަމުން މިފޮތަކީ އޭނާގެ ކިބައިން ފިލާވަޅު ލިބިގަންނަން ބޭނުންވާ މީހުންނަށް އޭނާ ކޮށައިދޭ މަގަކަށްވެސް ވާނެއެވެ.

އިންސްޓެގްރާމް ޕޯސްތުގައި އޭނާ ބުނެފައިވާ ގޮތުގައި ހަޔާތުގެ ދަތުރުގެ ވާހަކަ އެދަތުރު ނުނިމުނަސް ކިޔައިދެވޭނެކަން އޭނާ އަށް އިހުސާސްވީ މިހާރު އެވެ. އެހެން ކަމުން އޭނާ 'އަންފިނިޝްޑް' ގެ ނަމުގައި އޭނާގެ ވާޙަކަ ކިޔައިދެނީއެވެ.

ޕްރިޔަންކާގެ ހަޔާތުގެ އާ ސަފްހާ އޭނާ މިފަށަނީ 'ޕެންގުއިން ރެންޑަމް ހައުސް' އާ އެކުއެވެ. 'ޕެންގުއިން ރެންޑަމް ހައުސް' އިންޑިއާ، އަދި ޔޫ.އެސް.އޭ އިން އޭނާގެ ފޮތް ޝާއިއު ކުރާޏެއެވެ. 'އަންފިނިޝްޑް' ނެރޭނީ 2019ވަނަ އަހަރުއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.