ފްރޭންކް ލަމްޕާޑް ޑާބީ ކަންޓްރީގެ މެނޭޖަރު ކަމާ ހަވާލުވެއްޖެ

ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއެއްގެ ދަށުން ފްރޭންކް ލަމްޕާޑް ޑާބީ ކަންޓްރީގެ މެނޭޖަރު ކަމާ ހަވާލު ވެއްޖެއެވެ.

ޑާބީގެ މެނޭޖަރުގެ މަގާމާ ހަވާލުވުމަށްފަހު ލަމްޕާޑް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ޑާބީ ކަންޓްރީގެ މެނޭޖަރުކަން ކުރުމަކީ އޭނާ އަބަދުވެސް ބޭނުވާ ކަމެއް ކަމަށެވެ. މިއީ ޑާބީ ކަންޓްރީ ފަދަ ކްލަބަކުން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އޭނާ ބުންޏެވެ.

މެނޭޖަރަކަށް ވުމަށްފަހު ފުރަތަމަ ކަމެއްގެގޮތުގައި ކްލަބުގެ ގަދަ ހަ ކުޅުންތެރިންގެ ހުނަރާއި، ކުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރުމާއި، ޕްރައިޑް ޕާކްގެ ތެރެއިން ހުނަރުވެރި އާ ޒުވާނުންތަކެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެ ކްލަބުގެ ސީއީއޯ މެލް މޮރިސް ބުނެފައިވަނީ، ފްރޭންކް ލަމްޕާޑު ފަދަ މީހަކު އެކްލަބުގެ މަގާމަކާ ހަވާލުވީތީ ވަރަށް އުފާވާ ކަމަށެވެ. މިހާތަނަށް ފުޓުބޯޅަ ކެރިއަރުގައި ލަމްޕާޑު ހޯދައިފައިވާ ކާމިޔާބީތައް ހޯދިފައި ވަނީ މަދު ކުޅުން ތެރިންނަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ލަމްޕާޑް ކުޅުމުން ރިޓަޔާރ ކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

ލަމްޕާޑް އަކީ މިދިޔަ 3 އަހަރު ތެރޭގައި ޑާބީ ކަންޓްރީގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ހައްވަނަ މީހާއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.