މިސްރުގެ ވަކީލަކު ސާޖިއޯ ރާމޯސް ގޮވައިގެން ކޯޓަށް

މިސްރުގެ ވަކީލަކި، އެގައުމުގެ ކުޅުންތެރިޔެއްކަމަށްވާ ލިވަޕޫލް އަށް ކުޅޭ މުހައްމަދު ސަލާހް އަށް އަނިޔާކުރި މަސަލާއިގައި ރިޔާލްމެޑްރިޑްގެ ކުޅުންތެރިޔެއް ކަމަށްވާ ސާޖިއޯ ރާމޯސްގެ މައްޗަށް 1 ބިލިއަން އިއުރޯއަށް ދައުވާ ކޮއްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކީވް ސިޓީގައި ކުރިޔަށް ދިޔަ ޗެންޕިޔަންސްލީގު ފައިންލްމެޗުގެ ފުރަތަމަ ހާފުގައި ރާމޯސް ސަލާހުއަށް ކުރި ފައުލް އެއްގެސަބަބުން ސަލާހުގެ ކޮނޑަށް ވަނީ އަނިޔާވެފައެވެ. އަދި އެއަނިޔާގެ ސަބަބުން ސަލާހު ރޮމުން މެޗުން ފާބަން ޖެހިފައިވެއެވެ.

މިސްރުގެ ވަކީލެއް ކަމުގައިވާ ބައްސާމް ވައްބާ އެގައުމުގެ ޓީވީ ޗެނެލެއް ކަމަށްވާ ސަދާ އުލް ބަލަދް އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އެއީ ރާމޯސް ގަސްތުގައި ސަލާހުއަށް ދިން އަނިޔާއެއް ކަމަށާއި، އޭނާގެ އެކުށަށް އަދަބުލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން ރާމޯސްގެ މައްޗަށް 1 ބިލިއަން އިއުރޯ ހޯދަން މިއަދު ދައުވާ ކޮއްފައިވާ ކަމަށެވެ.

މީގެ އިތުރުން 1 ބިލިއަން އިއުރޯ އަކީ ރާމޯސް ސަލާހުއަށް ދިން ނަފްސާނީ އަދި ޖިސްމާނީ އަނިޔާއަށާއި މިސްރުގެ ރައްޔިތުންނަށް ދިން ނަފްސާނީ އަނިޔާގެ ބަދަލު ކަމަށްވެސް ބާއްސާމް ވަނީ ބުނެފައެވެ.

ސަލާހުގެ މެޑިކަލް ޓީމުންވަނީ ސަލާހުގެ ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށް ބުނެފައެވެ. އަދި ސަލާހުވަނީ އޭނާ ވޯލްކަޕްގައި ކުޅޭނެ ކަމަށް އާދިއްތަދުވަހު ޓްވީޓް ކޮއްފައެވެ.

ވޯލްޑްކަޕްގައި މިސްރު ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ އުރުގުވޭ އާއި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.