މިހާތަނަށް 40,000 އަށްވުރެ ގިނަ ފޯމު ނަގައިފި

ސަރުކާރުގެ ސޯޝަން ހައުސިން ސްކީމު "ހިޔާ" ގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ސެންޓަރުން މިހާތަނަށް 40،0096 ފޯމު ނަގައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ހައުސިން ޔުނިޓު ނުވަތަ ފުލެޓުތަކަށް އެދި ފޯމުހުށަހެޅުމަށް ފޯމު ދޫކުރަން ފަށައިފައިވަނީ މި ހިނގާ މެއި މަހު 6 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ޖުލައި މަހު 31 އާ ހަމައަށްވެސް ފޯމު ލިބޭނެ ކަމަށެވެ. ފޯމު ދޫކުރުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައިމަހުގެ 31 ވަނަ ދުވަސް ކަމަށެވެ.

މިފަހަރު ފުލެޓް ދޫކުރަމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓު، މާލޭގެ ރަށްވެހިންނަށް 1000 ފްލެޓު، ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓު، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓު، ޓީޗަރުންނަށް 625 ފުލެޓު، ފުލުހުންނަށް 300 ފުލެޓު، ސިފައިންނަށް 300 ފުލެޓު، ކައިވެނިކޮށްގެން އުޅޭ 1818 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް 1000 ފުލެޓު، އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް 200 ފުލެޓު، ގުޅީފަޅުން ފުލެޓު ގަތުމަށް ފައިސާ ދައްކައި ފުލެޓު ނުލިބިފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް 300 ފުލެޓު، މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ވަކި ބަޔަކަށް 256 ފުލެޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.