ޕްރިޔަންކާ ޖުލައި މަހު ބާރާތުގެ ޝޫޓިންގ ފަށަނީ

ބޮލީވުޑުން ޕްރިޔަންކާ ޗޯޕްޅާގެ ފިލްމެއް އެންމެ ފަހުން ފެނިފައިވަނީ 2016ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން ދިޔައީ އޭބީސީ އިން އުފެއްދި ޓީވީ ސިލްސިލާ ކުއަންޓިކޯ އިންނެވެ. ކުއަންޓިކޯގެ ތިންވަނަ ސީޒަނަށްފަހު މިހާރު އޭނާ ވަނީ ބޮލީވުޑް ފިލްމެއް ކުޅެން ސޮއި ކޮށްފައެވެ.

2019ވަނަ އަހަރު އީދަށް ނެރެން ތައްޔާރުވާ އަލީ އައްބާސް ޒަފަރުްގެ ފިލްމު ބާރާތުގެ ޓީމާ ޖުލައި މަހު ޕްރިޔަންކާ ގުޅޭނެއެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅޭ ފިރިހެން ތަރިއަކީ ސަލްމާން ޚާން އެވެ. ޖުލައި މަހާ ހަމައަށް ޕްރިޔަނކްާ މިހާރު ސޮއިކޮށްފައި ހުރި އެކި ޕްރޮޖެކްޓްތައް ނިމޭނެ ކަމަށް ވެއެވެ. އޭނާ ޓީމާ ގުޅުމުގެ ކުރީން ބާރާތުގެ ޓީމުން ރާވާފައިވަނީ ސަލްމާން އާ އެކު ނަގަން ޖެހޭ ބައެއް މަންޒަރުތައް ނަގައި ނިންމާށެވެ.

ޕްރިޔަންކާގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓް ތަކުގެ ތެރެއިން 'އަ ކިޑް ލައިކް ޖޭކް' ޖޫން މަހު ރިލީޒް ކުރާނެއެވެ. އަދި އޭނާގެ 'އިޒިންޓް އިޓް ރޮމޭންޓިކް؟' 2019ވަނަ އަހަރުގެ ވެލެންޓައިން ޑޭ ގައި ރިލީޒް ކުރާނެއެވެ.

ބާރާތު އަކީ ކޮރެއާ ފިލްމެއް ކަމަށްވާ 'އޯޑް ޓު މައި ފާދަރ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. 

ޕްރިޔަންކާ އަކީ ފިލްމުގެ ކުޅުމުގެ އިތުރަށް އިޖްތިމާއީ ގިނަ މަސައްކަތްތަލެއް ކުރާ ފަންނާނެކެވެ. ޚައްޗަކޮށް ކުޑަ ކުދީންނާއި އަންހެން ކުދީންެގ ހައްގުގައި މަސައްކަތް ކުރާ ފަންނާނެކެވެ. އޭނާ އަކީ ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެންބެސެޑަރެކެވެ.  އޭނާ ވަނީ ޔުނިސެފްގެ ފަރާތުން މިދޔަ ހަފްތާގައި ބަންގްލަދޭޝްގެ ކޮކްސެސް ބަޒާރުގެ ކޭމްޕް ތަކުގައި ދިރިއުޅޭ ރޮހިންގާ ކުދީންގެ ހާލު ބެލުމަށް ބަންގްލަދޭޝް އަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި އޭނާ ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ އާއި ބައްދަލު ކުރިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.