ތާޕްސީ ޕައްނޫ ދެން ފެންނާނީ ގާނޫނީ ވަކީލެއްގެ ރޯލުން

ފޮޓޯ: އަނުބާވް ސިންހާ ގެ ޓްވިޓަރ އިން

ތާޕްސީ ޕައްނޫގެ ކުރިއަށް އޮތް ފިލްމު، 'މުލްކް' ގެ ފުރަތަމަ ލުކް އާއްމުކޮށްފިއެވެ. 'މުލްކް' ގައި ތާޕްސީ ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ. ތާޕްސީގެ އިތުރަށް ރިޝީ ކަޕޫރް ވެސް މި ފިލްމުގައި ލީޑް ރޯލެއް ކުޅޭނެއެވެ. އަދި ޕްރަތިކް ބައްބަރު އާއި، ރާޖަތު ކަޕޫރް އާއި، އަޝުތޯޝް ރަނާ އާއި، މަނޯޖް ޕާހްވާ އަދި ނީނާ ގުޕްތާ ވެސް ފިލމުގެ މުހިއްމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

ފިލްމުގެ ފުރަތަމަ ލުކް އާއްމުކުރަމުން ޓުވިޓަރުގައި ފިލްމުގެ ޑައިރެކްޓަރު އަނޫބާވް ސިންހާ ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ޑައރެކްޓް ކުރާ އެންމެ މުހިއްމު ފިލްމު ކަމުގައެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ދީޕަކް މުކުތު އާއި އަނުބާވް ސިންހާ އެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.