ޕްރިންސް ހެރީ އާއި މެގަންގެ ކާވެނި ކުރެވިއްޖެ

ފޮޓޯ: ކެނސިންގްޓަން ޕެލެސް ޓްވިޓަރ އިން

އިނގިރޭސި ވަލީ ޢަހްދު ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ހެންރީ (ހެރީ) އާއި މެގަން މާކަލްގެ ކާވެނި ކުރެވިއްޖެއެވެ. މި ކާވެނި އޮތީ ސެއިންޓް ޖޯޖް ޝެޕަލް ފައްޅީގައެވެ. ކާވެނީގެ ރަސްމިއްޔާތުގައި ބައްޕާފުޅު ޗާލްސް އާއި ދޮންމަންމާފުޅު ކެމީލާ އާއި މާމާފުޅު ރާނީ އެލިޒަބަތާއި ކާފާފުޅު ފިލިޕް ގެ އިތުރަށް ޝާހީ އާއިލާގެ އެހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެގަންގެ އާއިލާގެ ފަރާތުން ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ މެގަންގެ މަންމާފުޅު ޑޯރިއާ އެވެ.

މެގަންގެ ހެދުން ފަރުމާކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ޑީޑިޒައިނަރެއް ކަމަށްވާ ކްލެއަރ ވެއިޓް ކެލަރ އެވެ. ކްލެއަރ އަކީ ފަރަންސޭސި ވިލާތުގެ ފެޝަން ހައުސް އެއްކަމަށްވާ ގިވެންޝިގެ އާޓީސްޓީކް ޑައިރެކްޓަރެވެ. ވެއިލް އާ އެކު ބޭނުން ކުރެއްވި ބޭންޑަކީ ރާނީ ހަދިޔާ ކުރެއްވި ބޭންޑެކެވެ. މި ބޭންޑަކީ 1932ވަނަ އަހަރު ތައްޔާރުކޮށްފައިވާ ބޭންޑެކެވެ.

View this post on Instagram

?

A post shared by Kensington Palace (@kensingtonroyal) on

 

އާދަކާދައިގެ މަތީން މިއަދު ރާނީވަނީ ޕްރިންސް ހެރީ އާއި މެގަން އަށް ޝާހީ ލަގަބު އަރުވާފައެވެ. ޕްރިންސް ހެރީ އަށް އެރުވި ލަގަބަކީ "ޑިއުކް އޮފް ސަސެކްސް" އެވެ. މިއީ 1801ވަނަ އަހަރުގެ ފަހުން މި ލަގަބު އެރުވުނު ފުރަތަމަ ފަހަރެވެ. މެގަންގެ ލަގަބަކީ "ޑަޗެސް އޮފް ސަސެކްސް" އެވެ. ޝާހީ އާއިލާ އަކަށް ނިސްބަތްވެ ވަޑައިނުގަންނަވާތީ މެގަން އަށް ޕްރިންސެސް އެއްގެ ލަގަބު ލިބިވަޑައެއް ނުގަންނަވައެވެ. ނަމަވެސް އެކަމަނާ ވާނީ 'ހަރ ރޯޔަލް ހައިނެސް ޕްރިންސެސް ހެންރީ" އަށެވެ.

ކާވެނީގެ ރަސްމިއްޔާތު ނިމުނު ނަމަވެސް ހަނީމޫނަށް ވަޑައިގަންނަވާނެ ތާރީޚެއް އަދި ނޭނގެއެވެ. ކާވެނީގެ ފޮޓޯ ތަކާއި ވީޑިއޯތައް ޝާހީ އާއިލާގެ މީސްމީޑިއާ އެކައުންޓު ތަކުން ދަނީ ހިއްސާ ކުރަމުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.