ސޯނަމް ކަޕޫރް ގެ ރެޑް ކާޕެޓް ހެދުން ތައްޔާރުކުރަން 9،500 ގަޑި އިރު ހޭދަވި – ތަމާރާ ރަލްފް

ސޯނަމް ކަޕޫރްގެ ރެޑް ކާޕެޓް ހެދުމާއި އޭނާގެ ސްޓައިލަށް ފެޝަނަށް ލޯބިކުރާމީޙުން އަބަދުވެސް އިންތިޒާރު ކުރެއެވެ. ސޯނަމް އަކީ ބޮލީވުޑްގެ ތަރީން ހެދުން އަޅަމުން އަިއގޮތަށް ބޮޑު އިންގިލާބެއް ގެނައި ރީތި ފަތްމިންޏެކެވެ. އޭނާ ހެދުން އަޅާ ގޮތް ހަމަ ތަފާތީ އެވެ. އެއަރޕޯޓް ލުކް އިން ފެށިގެން ރެޑް ކާޕެޓާ ހަމައަށް ވެސް އެންމް ތަފާތު ފެޝަން ސްޓޭޓްމަންޓެއް ދައްކާ ފެޝަން އައިކޯން އަކީ ސޯނަމް އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަހަރުގެ ކޭންސް ފެސްޓިވަލުގެ ފުރަތަމަ ރެޑް ކާޕެޓް އިވެންޓުގައި ވެސް ސޯނަމް ވަނީ ފެޝަން ސްޓޭޓްމަންޓެއް ދައްކާފައެވެ. ކުރިއާ ޚިލާފަަށް މިފަހަރަކީ އޭނާ އަށް ވަރަށް ޚާއްޞަ ފަހަރެކެވެ. އެއީ އޭނާ ކާވެންޏަށް ފަހު ދިޔަ ފުރަތަަމަ ރެޑް ކާޕެޓް ހަރަކާތެވެ. ސޯނަމްގެ ފުރަތަމަ ރެޑް ކާޕެޓް ހެދުން ފަރުމާ ކޮށް ތައްޔާރުކުރީ އޭނާގެ ގާތް އެކުވެރިއެއް ކަމާށްވާ ރަލްފް އެންޑް ރޫސޯ އެވެ. މިއަހަރުގެ ރެޑް ކާޕެޓް ހެދުމަކީ ރަލްފް އެންޑް ރޫސޯ އިން ސޯނަމް އަށް ޚާއްޞަކޮށްެގެން ތައްޔާރު ކުރި ހެދުމެކެވެ.

ސޯނަމް އަކީ އިންޑީއާ މީހެއް ކަމުން އޭނާގެ ހެދުމުންވެސް އޭނާގެ މޫ ފެންނަ ގޮތަށް އޭނާގެ ޑިޒައިނަރު ވަނީ ހެދުންތައްޔާރު ކޮށްދީފައެވެ. ތޫލޭ ގެ ފަށަލަ ތަކެއް ލައިގެން ހެދުން ތައްޔާރު ކޮށްފައިވަނީ ލެހެންގާ އަކާ ވައްތަރުވާ ގޮތަށެވެ. ކްރޮޕް ޓޮޕަކާ އެކު ފަރުމާކޮށްފައިވާ ހެދުމުގައި 43،000 ސްވޮރޮސްކީ ކްރިސޓަލް ހަރުކޮށްފައިވެއެވެ. ވޯގް މަޖައްލާއަށް ދިން އިންޓަރވިއު އެއްގައި ރަލްފް އެންޑް ރޫސޯގެ ކްރިއޭޓިވް ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ސޯނަމްގެ ހެދުން ތައްޔާރުކޮށް ނިންމަން 9،500 ގަޑި އިރު ހޭދަވިއެވެ. ހެދުން ތައްޔަރު ކުރުމުގައި އިންޑިއާ ގެ ސަގާފަތް ގްލޮބަލް ސްޓޭޖަކުން ދައްކާޅަން ވަރަށް ބޮޑަށް އަމާޒުކުރެވުނު ކަމަށް ތަމާރާ ބުނެފައިވެއެވެ.

ދެވަނަ ރެޑްކާޕެޓް ހެދުމަކީ އެމެރިކާގެ ފެޝަން ޑިޒައިނަރެއް ކަމުގައިވާ ވީރާ ވޮންގް ގެ ހެދުމެކެވެ.

ރެޑް ކާޕެޓްގެ އިތުރުން ޕްރެސް މީޓަށާއި އެހެނިހެން ހަރަކާތްތަކަށް ސޯނަމް ބޭނުންކުރި ހެދުންތަކަށް މީޑިއާގެ ސަމާލުކަން ލިބުނެވެ. ލޯރެއާލް ޕްރެސް މީޓަށް ސޯނަމް ދިޔައިީ މަދަރ އޮފް ޕާރލް ގެ ޕޮލްކާ ޑޯޓް ހެދުމެއްގައެވެ.

އެންޖީއޯ އަކުންބޭއްވި ހަރަކާތަށް ބޭނުންކުރީ މިންޓް އާއި މެރޫން ކުލައިގެ ހެދުމެކެވެ. މި ހެދުމަކީ ސްޕެއިންގެ މަޝްހޫރު ފަރުމާ އެއް ކަމަށްވާ ޑެލްޕޯޒީ ހެދުމެކެވެ.

އެހެން ހަރަކާތަކަށް އޭނާ ބޭނުންކުރި ރަތާއި ހުދު ރޮނގު ދެމި ހެދުމަށް ވެސް މީޑިއާގެ ސަމާލުކަން ލިބުނެވެ. މި ހެދުމަކީ އެމީލިއާ ވިކްސްޓެޑް ގެ ހެދުމެކެވެ.

ސޯނަމްގެ ކާވެނީގެ ރަސްމިއްޔާތުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރި ހެދުންތަކަކީ ވެސް ފާހަގަކޮށްލެވޭ ހެދުންތަކެކެވެ. އޭގެތެރެއިން ވެސް އޭނާގެ މެހެނދީ ހަފްލާގައި ބޭނުންކުރި ހެދުމަކީ ގިނަބައެއްގެ ސަމާލުކަން ލިބުނު ހެދުމެކެވެ. އެ ހެދުން ތައްޔޜު ކުރީ އަބޫ ޖާނީ އެންޑް ސަންދީޕް ކޯސްލާ އެވެ. އެއީ ސޯނަމްގެ މެހެނދީ އަށް ޚާއްޞަކޮށް ފަރުމާކުރި ހެދުމެކެވެ. ހެދުން ފަރުމާކޮށް ނިންމާފއަިވަނީ 18 މަސް ދުވަހުގެ މަސައްކަތުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.