ހޯރަފުށީ ދާއިރާގެ ރަށްތަކުގައި ތަރާވީޙް ނަމާދުކުރާ ޙާފިޒުންގެ ކަންކަމަށް 88،000 ރ މެމްބަރު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށަށް މިއަހަރުގެ ރަމަޞާން މަހު ތަރާވީޙް ނަމާދު ކުރުމަށްޓަކައި ޙާފިޒުން ގެނައުމުގެ ކަންކަމަށް ޚަރަދު ކުރުމަށް 88،000 ރުފިޔާ އެ ދާއިރާގެ މަޖިލިސް މެމްބަރު މުޙަންމަދު އިސްމާއީލް ހަދިޔާ ކުރައްވައިފިއެވެ.

މެމްބަރު މުޙަންމަދު އިސްމާއީލް 88،000 ރުފިޔާ ހާފިޒުންގެ ކަންކަމަށް މިފަހަރު ދެއްވިއިރު އޭނާ ވަނީ މީގެކުރިންވެސް ހޯރަފުށީ ދާއިރާގެ ރަށްތަކުގައި ތަރާވީޙް ނަމާދު ކުރުމަށް އަންނަ ހާފިޒުންގެ ކަންކަމަށް އެހީ ދެއްވާފައެވެ. އަދި ހޯރަފުށީ ދާއިރާގެ ތަފާތު އެހެނިހެން ކަންކަމަށްވެސް އެހީތެރިވެވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައި މުޙަންމަދު އިސްމާއީލް ވަނީ ފާހަގަ ކުރެވިފައެވެ.

ރާއްޖޭގެ ރަށްރަށުގައި މިއަހަރު ރަމަޞާން މަހު ތަރާވީޙް ނަމާދު ކުރުމަށްދާ ހާފިޒުންނަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެލަވަންސެއް ހަމަޖައްސަވާފައެވެ. މިއަހަރުވެސް ރާއްޖެއިން ބޭރުން އެކިރަށްރަށަށް ވަނީ ތަރާވީޙް ނަމާދު ކުރުމަށްޓަކައި ހާފިޒުން ގެންގޮސްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.