ބާޒާރުގައި ތަކެތި މަދުވަމަކީ އަގުބޮޑު ކުރަންޖެހޭ ސަބަބެއް ނޫން:މިނިސްޓްރީ

މާލޭގެ ބާޒާރުގައި ތަކެތި މަދުވުމަކީ އަގުބޮޑު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވާ މައްސަލައަކީ އިންތިހާއަށް ކުރިމަތިވާ ބޮޑު މައްސަލައެއް ކަމަށެވެ. އެކަން ހައްލު ކުރުމަށް އިކޮނިމިކް މިނިސްޓްރީ އަދި ޚާއްސަކޮށް މުޅި ސަރުކާރު އެކަތިގަނޑަކަށް ވެގެން އެ މައްސަލަ ހައްލު ކުރުމަށް ވަރަށްގިނަ މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބާޒާރުން ތަކެތި މަދުވުމުން ބައެއް މީހުން އިންތިހާއަށް އަގުބޮޑު ކުރުމަކީ ދިމާވާ މައްސަލައެއް ކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަކެތި މަދުވިޔަސް އަގުބޮޑު ކުރުމުގެ ބަދަލުގައި މުދާ ލިބިފައިވާ އަގާ އެކަށީގެންވާ އަގަކަށް ވިއްކުމަށް އެފަދަ މީހުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

""ބާޒާރުގައި ތަކެތި މަދުވުން ނުވަތަ ތަކެތި ހުސްވުމަކީ އެތަކެތި ހުރި ފަރާތްތަކުން އަގުބޮޑުކުރުމަށް އޮތް ސަބަބެއްކަމުގައި ނުހައްދަވައި ލިބިފައިހުރި އަގުގަ ވިއްކަވާ،" އޭނާ ވިދާޅުވިއެވެ.

ބާޒާރުގައި އަގުބޮޑުވާންޖެހޭ އެއްވެސް ރޯދަމަހާ ގުޅިގެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތަށް ނަގާ ޓެކުހާއި ޖޫރިމަނާއެއް އިތުރު ކޮށްފައި ނުވާނެ ކަމަށެވެ. ތަކެތީގެ އަގުބޮޑުވާން ނުޖެހޭކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ  އަގުބޮޑުކޮށް ކުދި ވިޔަފާރިތަކަށް އޭގެ އަސަރު ފޯރާ ގޮތަށް އެއްވެސް ކަމެއް ސަރުކާރުން ކުރަން ބޭނުން ނުވާކަމަށާއި އެހެންވީމާ ވިޔަފާރިވެރިންވެސް ތަކެތި މަދުވުމަކީ ސަބަބެއް ކަމަށް ހަދައި އަގުބޮޑު ކުރުމަކީ ކޮށްގެންވާނެ ކެމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.