އުތުރު ކޮރެޔާގެ ނިއުކުލިޔާ ޓެސްޓުތައް ކުރާ މަރުކަޒު ރޫޅާލާނެ ދުވަހެއް ކަނޑައަޅައިފި

ޕަންގްޔެ-ރީގައި ހުންނަ ނިއުކުލިޔާ ޓެސްޓްތައް ކުރާ މަރުކަޒުގެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް

އުތުރު ކޮރެޔާއިން ނިއުކުލިޔާ ޓެސްތައް ކުރުމަށް ބޭނުންކުރަމުން އައި މަރުކަޒު މިމަހުގެ ފަހުކޮޅުގައި ރޫޅާލަން އެގައުމުން ނިންމައިފިއެވެ.
އުތުރު ކޮރެޔާ ސަރުކާރުގެ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން (ކޭސީއެންއޭ) ޚަބަރު ދިން ގޮތުގައި ޕަންގްޔެ-ރީ ގައި ހުންނަ މަރުކަޒު މި މޭ މަހުގެ 23 އާ 25 އާ ދެމެދު ރޫޅާލާނެެއެވެ. މިގޮތުން އެމަރުކަޒުގައި ހިމެނޭ ރިސާޗްގެ މަސައްކަތް ކުރާ އިމާރާތާ، ޓެސްޓްތައް ބަލާ މަރުކަޒާ، ސަލާމާތީ ކަންކަން ބަލަހައްޓާ އިމާރާތްތައް ރޫޅާލާނެއެވެ.
"ނިއުކުލިޔާ ވެޕަންސް އިންސްޓިއުޓާއި، ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ދަނީ ޑީއާރްޕީކޭ (ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ) ގެ ނިއުކުލިޔާ ޓެސްޓްތައް ކުރާ ބިމުގައި ހުރި ތަންތަން ރޫޅާލުމާ ބެހޭ ޓެކްނިކަލް މަސައްކަތްތައް ކުރަމުންނެވެ. އެއީ، ނިއުކުލިޔާ ޓެސްޓްތަައް ހުއްޓާލުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް ކުރުމުގެ ބޭނުނުމުގައެވެ." ކޭސީއެންއޭގެ ޚަބަރުގައި ވެއެވެ.
ކޭސީއެންއޭ އިން ބުނެފައިވާ ގޮތުގައި، އުތުރު ކޮރެޔާގެ އިތުރަށް، ދެކުނު ކޮރެޔާ، ޗައިނާ، ރަޝިޔާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ނޫސްވެރިންނަށް އެ މަރުކަޒު ރޫޅާލުމުުގެ މަސައްކަތް ބެލުމުގެ ފުރުސަތު ދެވޭނެއެވެ.
"ޖޫން 12 ގައި އޮތް އެންމެ އިސްވެރިންގެ ބޮޑު ބައްދަލުވުމުގެ ކުރިން އެމީހުންގެ ނިއުކުލިޔާ ޓެސްޓްތައް ކުރާތަން ރޫޅާލާނެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ. ޝުކްރިއްޔާ! ވަރަށް ވިސްނުންތެރި މާތް ފިޔަވަޅެެކެވެ." އުތުރު ކޮރެޔާގެ ނިންމުމަށް މަރުހަބާ ވިދާޅުވަމުން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވެއެވެ.
ނިއުކުލިޔާ މަރުމަޒު ރޫޅާލުމުގެ މަސަައްކަތް ބަލަން ދާ ބޭރުގެ ނޫސްވެރިންނަށް ޗައިނާގެ ބެއިޖިންގުން އުތުރު ކޮރެޔާގެ ބަަނދަަރު ރަށެއް ކަމުގައިވާ ވޮންސާން އަށް ޗާޓަރު ފްލައިޓު، އަދި ވޮންސާންއިން ފަރުބަދަތަކުގެ ތެރޭގައި ހުންނަ ނިއުކުލިޔާ މަރުކަޒަށް ޗާޓަރު ރޭލު ދަތުރު ހަމަޖައްސައި ދެވޭނެ ކަމަށްވެސް ކޭސީއެންއޭ އިން ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.