މިހާތަނަށް ކުޅޭ އެންމެ ޚާއްޞަ ފިލްމަކަށްވާނީ 'އިންޑިއާސް މޯސްޓް ވޯންޓެޑް': އަރްޖުން ކަޕޫރް

މިއަދަކީ އަރްޖުން ކަޕޫރްގެ ފުރަތަމަ ފިލްމް 'އިޝްގް ޒާދޭ' ރިލީޒް ކުރެވުނުތާ 6 އަހަރު ފުރުނު ދުވަހެވެ. ފިލްމީ ކެރިއަރަށް 6 އަހަރު ފުރުމާ ގުޅިގެން އަރްޖުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އޭނާގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ފިލްމީ ކެރިއަރުގައި މިކުރެވުނު ދަތުރުގައި އޭނާވަނީ ތަފާތު ގިނަ ކަންކަން ތަޖުރިބާ ކޮށްފައެވެ. އެއިން ކޮންމެ ތަޖްރިބާ އަކީވެސް އޭނާ ފާޙަގަކޮށްފައިވާ ގޮތުގައި ގިނަކަންތައަތަކެއް ދަސްކުރެވުނު ތަޖްރިބާ ތަކެކެވެ.

މިއަދު މީސްމީޑިއާގައި ހިއްސާކުރި ބަޔާނުގައި އަރްޖުން ވަނީ އޭނާގެ ކެރިއަރުގައިމަސައްކަތް ކުރާނެ އެންމެ ޚާއްޞަ ފިލްމު އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ. އެއީ ޑައިރެކްޓާރު ރާޖް ކުމާރް ގުޕްތާގެ 'އިންޑިއާސް މޯސްޓް ވޯންޓެޑް' އެވެ. އަރްޖުން ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ހިތުގައި ވަރަށް ޚާއްޞަ ޖާގައެއް ދެވިފައިވާ ވާހަކައެއްގެ މައްޗަށް ބިިނާކޮށްފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. "އެކްޓާރުންގެ ގޮތުގައި އަހަރުމެން އަބަަދުވެސް މީހުން ގަޔާވާ ކަހަލަ އާދަޔާ ޚިލާފު މޮޅު ވާހަކައެއް ލިބޭތޯ އަތްފުނާ އަޅަމުއެވެ. 'އިންޑިއާސް މޯސްޓް ވޯންޓެޑް' އަކީ ހަގީގީ ހަދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިއީ އިންޑިއަޣެ ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ ފިލްމެކެވެ." އަރްޖުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރީން ކިޔައިދީފައިނުވާ މިވާހަކަ ދިރާސާކޮށް ހޯދި ކަމަށްޓަކައި އަރްޖުން ވަނީ ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރް ގުޕްތާ އަދި ފޮކްސް ސްޓަރ ސްޓޫޑިއޯ އަށް ޝުކުރު އަދާކޮށްފައެވެ. އަރްޖުންގެ ބަޔާނުގައި އިތުރަށް ހާމަކޮށްފއަިވާ ގޮތުގައި މި ފިލްމު ވެގެންދާނީ އޭޏާގެ ހަޔާތް މުޅީން ބަދަލުކޮށްލާނެ ބާބަކަށެވެ. އަދި މި ފިލްމަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެ، 2019ވަނަ އަހަރުގެ މޭ މަހުގެ 24ވަނަ ދުވަހު ތިއޭޓަރުތަކަށް ފިލްމު ގެނެސްދޭނެ ކަމަށް އޭނާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. ފިލްމުގައި އަރްޖުން ކުޅޭނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.