ނެހާ ދުޕިއާ ކާވެނި ކޮށްފި

ފޮޓޯ: އާންގަދް ބޭދީގެ ޓްވިޓަރ އިން

ބޮލީވުޑްގެ ތަރި ނެހާ ދުޕިއާ ކާވެނިކޮށްފިއެވެ. އޭނާ ކާވެނި ކުރިކުރަން އިއުލާންކުރީ މިއަދު އޭނާގެ މީސްމީޑިއާގައެވެ.

މީސްމީޑިއާގައި ނެހާ ވަނީ އޭނާގެ ކާވެނީގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. ފޮޓޯގެ ކެޕްޝަނުގައި އޭނާ ލިޔެފައިވެއެވެ. " މިއަދު އަހަރެން އަހަރެންގެ އެނމް ގާތް ރަހްމަތްތެރިޔާ އާއި ކާވެނި ކޮށްފީމެވެ." ނެހާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މިއީ އޭނާ އަށް ހަޔާތުގައި ނިނމުނު އެންމެ ރަނގަޅު ިނންމުމެވެ. ނެހާގެ ފިރިމީހާ ވެސް ވަނީ އެނާގެ އިންސްޓެގްރާމް ގައި ނެހާ އާއި އޭނާގެ ފޮޓޯ ހިއްސާ ކޮށްފައެވެ. ނެހާގެ ފިރިމީހާގެ ނަމަކީ އަންގަދް ބޭދީ އެވެ.

އުމުރުން36 އަހަރުގެ ނެހާ ވަނީ 2002 ވަނަ އަހަރުގެ 'ފެމިނާ މިސް އިންޑިއާ' ހާސިލުކޮށްފައެވެ. އަދި ހަމަ އެ އަހަރު 'މިސް ޔުނިވަރސް' 10 ފައިނަލިސްޓުންގެ ތެރޭގއަި އޭނާ ހިމެނުނެވެ. ނެހާ ބޮލީވުޑަށް ތައާރަފްވީ 2003ވަނަ އަހަރު އެވެ. ބޮލީވުޑަށް ތައާރަފް ވުމުގެ ކުރީން ނެހާ ވަނީ މަލަޔާލަމް އަދި ތެލުގޫ ފިލްމު ކުޅެފައެވެ.

ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ތަރިން ދަނީ ނެހާ އަށް ތަހުނިޔާ ފޮނުވަމުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.