ކޮއްޕާ އިޓާލިއާ ޔުވެންޓަރސް އިން ކާމިޔާބު ކޮށްފި

އިޓަލީގެ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު ކޮއްޕާ އިޓާލިއާގެ ފައިނަލް މެޗު އޭސީ މިލާން ބަލިކޮށް ޔުވެންޓަރސް ޗެމްޕިއަންކަން ހޯދައިފިއެވެ.

ޔުވެންޓަރސް އާއި އޭސީމިލާން ބައްދަލު ކުރި ފައިނަލް މެޗު ޔުވެންޓަރސް އިން ކާމިޔާބުކުރީ 0-4 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލު 56ވަނަ މިނަޓުގައި ޔުވެންޓަރސް އަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރ މެހެދީ ބެނާތިއާ އެވެ.

ދެވަނަ ގޯލު 61 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑޮގްލަސް ކޯސްޓަރ އެވެ. އޭގެ މާގިނަ އިރުތަކެށް ނުވެ، ތިން ވަނަ ގޯލު 64 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީވެސް މެހެދީ ބެނާތިއާއެވެ.

މި މެޗުގައި އޭސީ މިލާނުންވެސް އައީ ޔުވެންޓަރސްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް އޭގެ އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ. އެޓީމުން ޔުވެންޓަރސްގެ 4 ވަނަ ލަނޑަކީ އޭސީ މިލާންގެ ނިކޮލާ ކަލިނިޗްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއީ ޔުވެންޓަރސް އިން ކޮއްޕާ އިޓާލިޔާގެ ތަށި އުފުލާލި 4 ވަނަ ފަހަރެވެ. އަދި މި ހަތަރު ކަމިޔާބީ އާއި އެކު، މި އަހަރުގެ ސީރީސް އޭގެ ތަށި ވެސް ޔުވެންޓަސް އަށް ޔަގީންވާ ފަދަ އެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.