ފަސްޓް ލޭޑީ މާލޭގެ ހުރިހާ އަވަށެއްގެ ގެތަކަށް ޒިޔާރަތް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) މާލޭގެ ހުރިހާ އަވަށެއްގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ޙާލު ބައްލަވަން ފައްޓަވައިފިއެވެ.

މެޑަމް ފާތުން މާލޭގެ ހުރިހާ އަވަށެއްގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ޙާލު ބެއްލެވުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ވަނީ މައްޗަންގޮޅި އާއި ހެންވޭރުގެ ބަޔެއް ގޭގެއަށް ވަޑައިގެންފައެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެމްޕޭން ފަށާފައިވާއިރު ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ މެޑަމް ފާތުން މި ޕްރޮގްރާމްގެ ދަށުން މާލޭގެ ގިނަ ގެތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މެޑަމް ފާތުން މާލޭގެ އަވަށްތަކުގެ ގޭގެއަށް ކުރައްވާ ޒިޔާރަތުގައި އެކަމަނާގެ ބެލުމުގެ ދަށުން ހިންގަވާ "ސޮދަގާތު ފައުންޑޭޝަން" ގެ ފަރާތުން ހަދިޔާވެސް ބައްސަވަމުން ގެންދަވައެވެ. މެޑަމް ވަނީ މީގެކުރިން ބަޔެއް އަތޮޅު ތަކުގެ ރައްޔިތުންނާވެސް އެ ރަށްރަށަށް ވަޑައިގެން ބައްދަލު ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.