އެޑިވޯޝީ ތެޔޮ- މިއީ އިޝްތިހާރެއްނޫން، މިއޮތީ އޮފުއަރާ ތަލައަކުންވެސް އިސްތަށި ފަޅާފަ!

ބޮލުގެ އިސްތަށި ގަނޑަކީ ގިނަ މީހުން ނިކަން ބަލައިގެން ގެންގުޅޭ އެއްޗެކެވެ. އެކަމަކު ތިމާގެ ޒުވާންކަން ހުރި ހިސާބުގައި ހުއްޓާ ތިމާއާ އެންމެ ފަސޭހައިން، އެންމެ އަވަހަށް ޓާޓާ ކިޔާފައިދާ އެއްޗަކީވެސް ގިނަފަހަރު ބޮލުގެ އިސްތަށިގަނޑެވެ. އެހެންވެ އިސްތަށިގަނޑު ވަކިވެދާނެ ކަމުގެ ބިރުގައި އެތައް އެއްޗެއް އިސްތަށިގަނޑުގައި ހާކަމުން ދަނިކޮށްވެސް އިސްތަށިގަނޑު ވަކިވެގެން ހިނގައްޖެއެވެ. އެފަދަ ފަރާތްތަކަށް ލިބިފައިވާ މާޔޫސް ކަމަށް ހާބަލް ތެލެއް މިފަހަރު ޚިޔާރު ކޮށްލަމާ ހެއްޔެވެ.

މިއީ އެޑިވޯޝީ ކިޔާ ހާބަލް ތެލެކެވެ. އަވައްޓެރި އިންޑިޔާގައި އުފައްދާފައިވާ މި ތެލުގެ މޮޅު ވާހަކަ އާއި މި ތެލަކީ ތަލައިން ތަފާތު ފެންނަ ތެލެއް ކަމުގައި އެންމެ ފުރަތަމަ ސޯޝަލް މީޑިޔާގައި ގޮވަމުން ދިޔަ މީހަކީ ދިވެހި އެތަކެއް ވާހަކައެއް އާންމުންނާ ހަމައަށް ދޫކޮށްފައިވާ ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދެވެ. މިއީ އޭނާ އެއްފަހަރަކު އިންޑިޔާއަށް ކުރި ދަތުރެއްގައި އަވަށް ތަކުގެ ތެރެއިން ދުއްވަމުން ދިޔައިރު ލައްވާލި ތެލެކެވެ. އޭގެކުރިންވެސް މޫސަ ވަނީ އޭނާގެ ތަލައިން މައްޗަށް އިސްތައްޓެއް ދިއްކޮށްލާތޯ އެތައް އެއްޗެއް ހޯދައިގެން އުނގުޅާފައެވެ. އެކަމަކު ހަމަ ހަރާމެވެ. އެއިން އެއްވެސް އެއްޗަކުން އޭނާގެ ތަލަ ބޮލަށް އިޝާރާތެއް ނުވިއެވެ. ޒުވާން އުމުރުގައި ހުއްޓައި ބޮލުގެ އިސްތަށިގަނޑު ވަކިވެ ދިޔުމުން މިއަދާ ހަމައަށްވެސް އޭނާ ފިކުރު ކުރަމުން އައި އެންމެ ބޮޑު ފިކުރަކީ އޭނާގެ އޮފު އަރާލަ އަރާލަ ހުރި ތަލަ ބޮލެވެ.

އެކަމަކު އަހަރު ތަކެއް ވަންދެން އޭނާ ކުރި މަސައްކަތުން މިފަހަރު މިއޮތީ އޭނާގެ ނަސީބު އަތުގައި އަޅައިގެންފައެވެ. އިންޑިޔާގެ އަވަށެއްގެ ތެރެއިން އަޅައިގަތް މި ނަސީބަށް އެޑިވޯޝީ އޮއިލް މިއޮތީ ވެފައެވެ. އެޑިވޯޝީ ހާބަލް ތެލާއެކު ހުރިހާ ކަމެއް ބަދަލު ކޮށްލައިފިއެވެ. އިސްތަށި ގަނޑު ފައިބައިގެން ދިޔަގޮތަށް ބޮލުން މައްޗަށް އިސްތައްޓެއް ދިއްކޮށްވެސް ނުލައި ޒަމާން ތަކެއް ވަންދެން ހުރި މޫސަގެ ބޮލުން މައްޗަށް އިސްތައްޓެއް ފުރަތަމަ ފަހަރަށް ދިއްކޮށްލީވެސް އެޑިވޯޝީ ތެލުންނެވެ. އެއާއެކު މިއަދު އޭނާއާ ވަކިވެގެންދިޔަ އެންމެ ލޯބިވާ އެއްޗހީގެ ތެރެއިން އެކަތި އެޑިވޯޝީގެ އެހީތެރިކަމާއެކު ލިބިއްޖެއެވެ. އެއީ ވަކިވެގެންދިޔަ ބޮލުގެ އިސްތަށިގަނޑެވެ. އެޑިވޯޝީ ތެލާއެކު މިފަހަރު އޭނާއާ ވަކިވެގެންދާން މަޖުބޫރުވީ އޭނާގެ ތަލައެވެ. އެޑިވޯޝީ ތެލާއެކު ގައިމުވެސް އޭނާގެ ބޮލުން ތަލަ ފިލައިފިއެވެ. ބާރު ސްޕީޑުގައި ފުޓްބޯޅަ ދަނޑެއްގައި ވިނަ ފަޅައިގަންނަ ގޮތަށް އެހެރަދަނީ މޫސްގެ ތަލައިން އިސްތަށިވެސް ފަޅަމުންނެވެ. ހަމަ އަސްލުވެސް އެޑިވޯޝީ އާއެކު ތަފާތު ފެނިއްޖެއެވެ. މިތެލެއް އޭނާ ހޭކުމުގެ ކުރިން އޭނާގެ ތަލައިން ހުންނަނީ އޮފުއަރާލަ އަރާލައެވެ.

މޫސަގެ ވާހަކަ މިހިސާބުން ހުއްޓާލާފައި އެޑިވޯޝީ ތެޔޮ ބޭނުންކުރި އެހެން މީހުންގެ ތަޖުރިބާ ބަލާލަމާ ހެއްޔެވެ. އެޑިވޯޝީ ތެޔޮ ވަރަށްގިނަ ބަޔަކު މިއަދު ބޭނުން ކުރަމުން އެބަދެއެވެ. މުޅިން ތަލަވެފައިވާ މީހުންނާއި ތަލަ ވަމުން އަންނަ މީހުންނެވެ. ނަތީޖާ ކިހިނެއް ހެއްޔެވެ. ބަރާބަރެވެ. އެމީހުންގެ ބޮލުންވެސް ހަމަ ބޮޑު ތަފާތެއް ދަނީ ފެންނަމުންނެވެ. އެޑިވޯޝީ ބޭނުންކޮށް ތަލައިން އިސްތަށި ފަޅައި ހެދެމުންދާ މަންޒަރު ހިމެނޭ އެތައް ފޮޓޯއެއް ސޯޝަލް މީޑިޔާގައި އެހެރަދަނީ އެނބުރެމުންނެވެ. ބަޔެއް މީހުން މަހަކުން މަހަކުން ތަފާތު ފޮޓޯއެއް ދޫކޮށްލައެވެ. ހަމަ ތަފާތީއެވެ. އެހެން ކަމުން ތަލަވެ، ތަލަ ނުފޮރުވިގެން އުޅޭ ކޮންމެ މީހަކަށް މިއޮތީ ރަނގަޅު ތެލެކެވެ.

ތެދެކެވެ. ފޮޓޯ ތަކުންނާއި ނަތީޖާ ތަކުން މިއީ ވަރަށް މުޖައްރިބު ތެލެކެވެ. ޔަގީން ތެލެކެވެ. އެޑިވޯޝީ ހާބަލް އޮއިލް ރާއްޖެ އައިސް އިންޑިޔާ މީހުންގެ އިތުބާރު ހޯދިގޮތަށް ދިވެހިންގެ އިތުބާރުވެސް ހޯދައިފިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.