މިއަހަރުގެ މެޓް ގާލާ ގައި ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ގެ ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މިއަހަރުގެ މެޓް ގާލާގެ ތީމަކީ ކްރިސްޓިއަން ދީނީ ތީމެކެވެ. މި ހަރަކާތުގައި ތީމާ ގުޅޭ ގިނަ ހެދުންތަކެއް ފެނިގެން ދިޔައެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި މެޓް ގާލާ ހަފްލާގައި ޕްރިޔަންކާގެ ލައިގެން ހުރީ ރަލްފް ލޯރެން ގެ ގަދަ ރަތް ކުލައިގެ ހެދުމެކެވެ. 2017ވަނަ އަހަރު ޕްރިޔަންކާ ބޭނުންކުރި ޓްރެންޗް ކޯޓަކީވެސް ލޯރެން ގެ އުފެއްދުމެކެވެ. އެ ހެދުމަށްވެސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. ޕްރިޔަންކާގެ ހެދުމާ އެކު ރަން ކުލައިގެ ހުޑެއް ބެނުްނކޮށްފައިވެއެވެ. ޕްރިޔަންކާ ބުނެފައިވަނީ އެ ހުޑަކީ އިންޑިއާގެ ފަރުމާ އެއް ކަމަށެވެ.
ދީޕިކާގެ ހެދުން ޑިޒައިން ކުރީ ނޭޕާލުގެ ޑިޒައިނަރެއް ކަމުގައިވާ ޕްރަބާލް ގުރުންގް އެވެ. ދީޕިކާ ގެ ހެދުމުގެ ކުލައަކީ ވެސް ރަތް ކުލައެވެ. ޕްރަބާލް މީޑިއަށް އަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ ދީޕިކާ އަކީ ދުވަސްވީ ގާތް ރަހްމަތްތެރިއެއް ކަމަށާއި އަންހެންވަންތަ ސިފަތައް ހުރި ފަންނާނެކެވެ.
މި އިވެންޓުގައި ރައިހާނާ އާއި އަމާލް ކްލޫނީ އާއި ކޭޓީ ޕެރީ ގެ ހެދުންވެސް ފާހަގަކޮށްލެވެއެވެ.