އާސަން ވެންގަރގެ އެންމެ ފަހުމެޗު އާސެނަލް ކާމިޔާބު ކޮށްފި

އާދިއްތަ ދުވަހު އާސެނަލްއާއި ބާންލީ ބައްދަލުކުރި ޕްރިމިއަރ ލީގުގެ މެޗު ވެގެންދިޔައީ އާސެނަލްގެ މެނޭޖަރު އާސަން ވެންގަރގެ ކެރިއަރުގެ އެންމެފަހު މެޗަށެވެ.

މެޗުފެށުމުގެ ކުރިން  ދެޓީމުން ވަނީ ވެންގަރއަށް ވަދާއީ ޚާއްސަ ސަލާމެއް ކޮށްފައެވެ.

ދަނޑުމަތިން ވެންގަރއަށް ޚާއްސަ ގާޑް އޮފް އޮނާއެއް ވެސް ވަނީ އަރުވައިފައެވެ. ވަދާއީ ގާޑުއޮފް އޮނަރއަކަށްފަހު ކުޅުނު އެމެޗު 0-5 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކުރީ އާސެނަލް އެވެ.

"އަހަރެން ހުރިހާ އެންމެން މަތިން ހަނދާން ހުންނާނެ. މި ކްލަބްގެ ސަޕޯޓަރެއްގެ ގޮތުގައި. އެ ސަޕޯޓަރުންގެ ފަހަތުގައި ހުންނާނަން. މި މެޗުގައި ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވީމަ ވެސް އުފާވޭ. ދެން ލިބޭ އަނެއް އުފަލަކީ ސަޕޯޓަރުންވަދެ މުޅި ދަނޑު ފުރާލާފައި އޮތްތަން ފެނުމުން. މިއީ ފަހަކަށް އައިސް ނުފެންނަ ހިތްގައިމު މަންޒަރެއް،"  މެޗަށްފަހު  ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

އުމުރުން 68 އަހަރުގެ ވެންގާވަނީ އާސެނަލްގެ މެނޭޖަރު ކަމުގައި 22 އަހަރު ހޭދަކޮށްފައެވެ. އާސެނަލްއާ އެކު އޭނާ ހޭދަކޮށްފައިވާ ދުވަސްތަކުގައި ޕްރިމިއަރ ލީގު 3 ފަހަރު ހޯދައިފައިވެއެވެ. އަދި އެފްއޭކަޕް 7 ފަހަރު ހޯދައިފައިވެއެވެ.

މި 3 ލީގުގެ ތެރެއިން 2003 އަދި 2004ގެ ލީގު އާސަނަލްއިން ހޯދާފައިވަނީ އެއްވެސް މަޗަކުން ބަލިނުވެ ފުރިހަމަ ރެކޯޑަކާއެކުގައެވެ. އެ ކަމިޔާބީގެ ހަނދާން އައު ކުރުމުގެ ގޮތުން އެ ޓީމުގެ ފަރާތުން ވަނީ ވެންގާއަށް ތައްޓެއް ދީފައެވެ.

ޕްރިމިއަރ ލީގުގައި އާސެނަލަށް ދެން އޮތީ ރަށުންބޭރުގައި ލެސްޓާ ސިޓީ އާއި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ. އާސެނަލް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 36 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.