"ބަކެޓް ލިސްޓް" ގައި ރަންބީރު ކަޕޫރް އާ އެކު ސެލްފީ އެއް ނަގާނެ ގޮތަކާ މެދު މަދޫރީ ވިސްނާ މަންޒަރު

މަދޫރީ ޑިކްސިޓްގެ ފިލްމްތަކަކީ ބެލުންތެރިންގެ ތަރްހީބް ވަރަށް ބޮޑަށް ލިބޭ ފިލްމްތަކެކެވެ. މިފަހަރު އޭނާގެ "ބަކެޓް ލިސްޓް" ޓްރެއިލަރ އިން އެންމެންނަށް ހައިރާންކަން ގެނުވީ ރަންބީރް ކަޕޫރް އާ އެކު ސެލްފީ އެއް ނުނެގިގެން އެކަމާ މަދޫރީ ކަންބޮޑުވެގެން އުޅޭ މަންޒަރު ފެނުމުންނެވެ. ރަންބީރް ކަޕޫރް ގެ ނަން ފިލްމުގައި ބޭނުންކޮށްފައިވާތީ ގިނަބަޔަކަށް އެކަންވީ ވަރަށް ހެއްވާ މަޖާ ކަމަކަށެވެ.

"ބަކެްޓް ލިސްޓް" އަކީ މާރާތީ ބަހުން މަދޫރީ ކުޅުނު ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓްރެއިލަރ މިއަދު ވަނީ އާއްމު ކޮށްފައެވެ. ފިލްމުގައި މަދޫރީ ކުޅެފައިވަނީ މަދޫރާ ސޭންގެ ރޯލެވެ. މަދޫރީ ވަނީ ގިނަ ރޯލުތަކެއް ފިލްމުގައި ކުޅޭފައެވެ. އޭނާ އަކީ އަނތްބެކެވެ. މަންމައެކެވެ. އަދި ދަނބިދަރި އެކެވެ. ޓްރެއިލަރ އިން ފާހަގަ ކުރެވޭ މުހިއްމު އެއް ކަމަކީ މަދޫރާގެ އާ އިންޓަރެސްޓް އެވެ. އެއީ ސާއީ ނަމަކަށް ކިޔާ ފުރާވަރު ކުއްޖެއްގެ ބަކެތް ލިސްޓުގައި އޭނާ ކުރަން ބޭނުންވެގެން ފާހަގަ ކޮށްފައި ހުރި ކަންތައް އުނި ކުރުމެވެ. މި އަންހެން ކުއްޖާ ވަނީ މަދޫރާ އަށް އޭނާގެ ހިތް ދީފައެވެ. ޓްރެއިލަރ ފެށޭއިރު ފެންނަނީ މަދޫރާ އޭނާގެ މަންމައަށް ދޭހަކުރަން ފަސޭހަވާނެ ފަދަ ގޮތަކަށް "ބަކެތް ލިސްޓް' ގެ އިސްތިލާހު ތިލަ ކުރަން އުޅޭ މަންޒަރެވެ. މަދޫރާއަށް ސާއީގެ ޑައިރީ އިން އޭނާ ކުރަން ބޭނުންވެފައި ނުކުރެވި ހުރި ކަންކަން ފާހަގަކުރެވުނީ އެވެ.

އެއަށްފަހު މަދޫރާ މަސައްކަތް ފަށަނީ ސާއީގެ އުއްްމީދު ކުރި ކަންކަން ފުރިހަމަ ކުރުމަށެވެ. ސައިކަލުގަ ދަތުރެއް ފަށައި، އޭނާގެ މަންމަ ލައްވައި ޅެމެއް ހައްދުވައި، އަދި ހެއްވާ މަޖާ އެތައް ކަމެއް އޭނާ އަށް ދިމާވެއެވެ. 2 މިނިޓް 30 ސިކުންތުގެ ޓްރެއިލަރ އިން ބެލުންތެރިން ހައިރާން ކޮށްލީ ޓްރެއިލަރ ނިމޭ ހިސާބުންނެވެ. ސާއީ ގެ "ބަކެތް ލިސްޓް" ގައި ރަންބީރް ކަޕޫރް އާއެކު ސެލްފީ އެއް ނަގާނެ ގޮތަކާ މެދު ކަންބޮޑުވެގެން އުޅޭ މަންޒަރެވެ.

"ބަކެޓް ލިސްޓް" ޑައިރެކްޓް ކޮށްފައިވަނީ ތެޖާސް ޕްރަބާސް އެވެ. ޕްރޮޑިއުސް ކުރީ މަޝްހޜު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް ގެ ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ. "ބަކެޓް ލިސްޓް" ސިނަމާތަކުގައި އަޅުވާނީ މި މަހުގެ 25ވަނަ ދުވަހު އެވެ. ޓްރެއިލަރ އާއްމުކުރަން ބޭއްވި ހަރަކާތުގައި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރ ބުނެފައިވަނީ މާރާތީ ބަހުން ފިލްމެއް އުފެއްދުމަކީ އޭނާގެ ބަކެޓް ލިސްޓުގައި ހިމަނާފައި އޮތް ކަމެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.