ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިއްޔާ މިގައުމެއް ނޯންނާނެ: ފައްޔާޒު

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައިފިނަމަ މި ގައުމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވޭނެ އެއްވެސް ސައްހަ ގޮތެއް ވެސް ނެތް ކަމަށެވެ. "އެއީ ދެން ރޭނގަނޑާއި ދުވާލާ ވަކިވާހެން އެންމެނަށް އެނގޭ ކަމެއް. އެހެންނަމަވެސް ރައީސް ޔާމީން ދެވަނަ ދައުރެއްގައި ވެރިކަމާ ހަވާލުވެދާނެ،" ފައްޔާޒު ވިދާޅިވިއެވެ.

"ރައީސް ޔާމީން ދެވަނަ ދައުރެއްގައި ވެރިކަމާ ހަވާލުވެއްޖެއްޔާ މިގައުމެއް ނޯންނާނެ. މިހާރު އމިއޮތް ގޮތުން މިއޮތްހާދުވަހު ރައީސް ޔާމީން ކަންކަން ކުރައްވާފައިވާ ގޮތުން ކަންކަން ވަކިރަނގަޅުވާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ރަނގަޅެއް ނުވެސް ކުރެވޭނެ އެއަށްވުރެ ގައުމުގެ ހާލަތު މިއޮތީ ދަށްވެފައި،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިވެރިކަމުގައި ގައުމުގެ އިގްތިސާދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި ސިޔާސީ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފައި ކަމަށެވެ. "އަނިޔާވެރިކަމާއި އެފަދަ ހުރިހާކަމެއް އިންތިހާއަށް ގޮސްފައިވުމުން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއްނެތް ރައީސް ޔަމީން ވެރިކަމުގައި ހުރެގެންނެއް،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް "ރައީސް އެހުންނަވާ ގޮތަށް ގަދަބާރުން ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން" ވެރިކަން ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގަދަބާރުން ވެރިކަމުގައި އީށިދެއްޖެއްޔާ ގަމުތެރޭގައި ހަމަނުޖެހުން އުފެދޭނެ ކަމަށް ގަބޫލުކުރެވެނީ،" ފައްޔާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.