ދެ ކޮރެޔާ ސުލްހަވިޔަސް އެމެރިކާ ސިފައިން ދެކުނު ކޮރެޔާގައި ތިބޭނެ: މޫން

ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން (ކ) އާއި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖުންގ-އޮން ސަލާމްކުރައްވަނީ

ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން އާއި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުން ބައްދަލުކުރެެއްވުމަށް ފަހު ދެކޮރެޔާގެ ގުޅުން ރަނގަޅުވަމުންދާކަން ފާހަގަކުރެވެއެވެ. ދެ ކޮރެޔާއިން އެއްބަޔަކު އަނެއް ބަޔަަކަށް ޕްރޮފެގެންޑާ ފަތުރަން ސަރަހައްދީ ރޮނގުގައި ހަރުކޮށްފައި ހުރި އަޑުގަދަކުރާތައް މިހާރު ވަނީ ނަގަން ފަށާފައެވެ. އުތުރު ކޮރެޔާގެ ގަޑި ދެކުނު ކޮރެޔާގެ ގަޑިއާ އެެއްވަރު ކުރަން ކިމް ވަނީ އެއްބަސްވެ ވަޑައިގެންފައެެވެ.
ގިނަ ބަޔަކު މިހާރު ދެކެނީ ދެ ކޮރެޔާގެ ދެމެދުގައި ސުލްހައި އެއްބަސްވުމެއް ގާއިމުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
އެހެންނަމަވެސް، އެފަދަ ހާލަތެއްގައި ވެސް ދެކުނު ކޮރެޔާގައި ތިބި އެމެރިކާ ސިފައިން އެގައުމުން ނުފައިބާނެ ކަމަށް ރަައީސު މޫން ޖައެ-އިން ވިދާޅުވެއްޖެެއެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އެގައުުމުގައި ތިބުމަކީ މުސްތަގުބަލުގައި ދެ ކޮރެޔާގެ މެދުގައި ވެވޭ ސުލްހައިގެ އެއްބަސްވުމަކާ ގުޅުން ހުރި ކަމެއް ނޫން ކަމުގައެވެ.
"ދެކުނު ކޮރެޔާގައި އެމެރިކާ ސިފައިން ތިބުމަކީ ދެކުނު ކޮރެޔާއާއި އެމެެރިކާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމަކާ ގުޅުން ހުރި ކަމެކެވެ. ސުލްގައިގެ މުއާހަދާތަކާ އެކަމާ އެއްވެސް ގުޅުމެއް ނެތެވެ." ރައީސު މޫން ޖައެ-އިންއާ ހަވާލާދީ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްގެ ތަރުޖަމާނު ކިމް އިއު-ކިޔޯމް ބުނެފައި ވެއެވެ.
ރިޔާސީ ގަނޑުވަރުން މިހެން ބުނެފައި ވަނީ ރިޔާސީ މުސްތަޝާރެއް އަދި ލިއުންތެރިއެއް ކަމުގައިވާ މޫން ޗަންގ-އިން ލިޔެ ނޫހެއްގައި ޝާއިއުކުރި ލިއުމަކާ މެދު ނުސްވެރިން ކުރި ސުވާލުތަކާ ގުޅިގެންނެވެ. އެ ލިއުމުގައި މޫން ޗަންގ-އިން ބުނެފައިވަނީ ދެގަައުމުގެ އެންމެ އިސް ވެރިންގެ ތާރީީޚީ ބައްދަލުުވުމަށް ފަހު، ދެ ކޮރޮޔާ ސުުލްހަވެއްޖެނަމަ، ދެކުނު ކޮރެޔާގައި އެމެރިކާ ސިފައިން ތިބުމަކީ ރަނގަޅު ކަމެއް ކަމުގައި ނުބެލޭނެ ކަމުގައެވެ.
ދެކުނު ކޮރެޔާ ބޭނުންވަނީ އެމެރިކާ ސިފައިން އެގައުމުގައި ތިބޭށެވެ. އެއީ، އަވަށްޓެރި ގައުމުތައް ކަމުގައިވާ ޗައިނާއާއި ޖަޕާން ދެކުނު ކޮރެއާ ދެބަސްވާ ފަހަރު ފަހަރު އެމެރިކާ ސިފައިން މެދުވެރިިއެއްގެ ދައުރު އަދާކުރާތީއެވެ.
ދެކުނު ކޮރެޔާގައި އެމެރިކާގެ 28500 ސިފައިން އެބަތިއްބެވެ. އުތުރު ކޮރެޔާއިން އަބަދުވެސް ބުނަމުން އައިސްފައިވަނީ ނިއުކުލިޔާ ޕްރޮގްރާމް ހުއްޓާލާނީ އެމެރިކާ ސިފައިން ދެކުނު ކޮރެޔާއިން ފޭބުމުން ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.