މެޑަމް ފާތުން މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްހިއްޖެއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ އިސްބޭފުޅަކު ވިދާޅުވީ މިއީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ކެންޕޭން ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި  ބައިވެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން މިއަދު އެސިޓީއަށް ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޑަމް ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއްވެސްމިދަތުރުފުޅުގައި އެ ސިޓީގައި އޮންނާނެއެވެ. އެޖަލްސާ އޮންނާނީ މިމަހު 4 ވަނަދުވަހުގެ ރޭ ގައެވެ. އޭގެ ކުރިން އެ ސިޓީއަށް ވަޑައިގެން އެކަމަނާ ދޮރުން ދޮރަށް ހިންގަވައި ކެންޕޭން ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވެރިންނާއި، ޕީޕީއެމްގެ އިސްބޭފުޅުންނާއި، އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ވަރަށްފަހުން އެކަމަނާ ވަނީ ތ. އަތޮޅުގައި ކެންޕޭން ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާއަށްވަނީ ވަރަށްގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.