އަނުޝްކާ ޖަނަވާރު ކޮށްޓެއް ހަދަނީ

އަނުޝްކާ އާއި ފިރިމީހާ ވިރާތް ކޯލީ. ފޮޓޯ: ވިރާތް ކޯލީގެ އިންސްޓެގްރާމް އިން

އަޅާލާނެ ފަރާތެއް ނެތި މަގުމަތިވެފައިތިބޭ ޖަނަވާރުންނަށް ހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ޖަނަވާރު ކޮށްޓެއް ހަދަން އުޅޭ ކަމަށް އަނުޝްކާ ޝަރްމާ މިއަދު ހާމަކޮށްފިއެވެ.

އަނުޝްކާ ގެ މީސްމީޑިއާގައި މިއަދު އޭނާ އާއްމުކުރި ބަޔާނެއްގައި ބުނާ ގޮތުން މުމްބާއީ އިން ބޭރުގައި އޭނާ ހަދާ ޖަނަވާރު ކޮށްޓަކީ ހާލުގައި ޖެހިފައި ތިބޭ ޖަނަވާރުންނަށް ޚާއްޞަކޮށްގެން އޭނާ ހަދާ ތަނެކެވެ. އެތަނަކީ ޖަނަވާރުންނަށް ލޯތްބާއި އަޅާލުން ލިބޭ ރައްކާތެރި ތަނަކަށް ވާނެއެވެ. އެބަޔާނުގައި ބުނުފައިވަ ގޮތުގައި އޭނާ މި ހުވަފެން ދެކެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މި ކޮށްޓަކީ ޖަނަވާރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އޭނާއަށް ތާއީދު ކުރާ މީހުންނާއި އެހެން މީހުންގެ ލަފާ އޭނާ ބޭނުންވެއެވެ.

އަނުޝްކާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަހަރުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިންސާނުންގެ ގޮތުގައި ދުނިޔެއަށް އުފަންވުމެވެ. ވަހަކަ ދެއްކުމުގެ ގާބިލުކަން ދެއްވާފައިވެއެވެ. ހައްގުތަކެއް ލިބިގެންވެއެވެ. އިންސާފު ހޯދުމަށް އަޑު އުފުލަމުއެވެ. އަހަރުމެން ނިސްބަތްވަނީ އާއިލާ އަކަށެވެ. އަހަރުމެންނާ އަޅާލާޏެ ގާތް ތިމާގެ މީހުން ތިބެއެވެ. ނަމަވެސް ޖަނަވާރުންނާ ދޭތެރޭ ވިސްނާލާ އިރު އިންސާނުންނަށް ލިބިގެންވާ ފަދަ ބޮޑެތި ނިއުމަތް ތަކެއް އެސޮރުމެންނަށް ލިބިގެނެއް ނުވެއެވެ. އެސޮރުމެން ދިރިއުޅުން ވޭތިކުރާ ގޮތަށް ބަލާއިރު އެސޮރުމެންގެ ހައްގުތަކެއް އެސޮރުމެންނަށް ނުލިބެއެެވެ. އެސޮރުމެންނާ ދޭތެރޭ ވަރަށް އިހާނތިކޮށް އަމަލު ކުރެވޭ ތަން ފެނެއެވެ.

View this post on Instagram

?

A post shared by AnushkaSharma1588 (@anushkasharma) on

އިންސާނުން ހައްދަވާފައިވަނީ އެހެން ހުރިހައި މަޚްލޫގުންނަށްވުރެ މަތިވެރިކޮށެވެ. އެހެން ކަމުން ޖަނަވާރުންފަދަ އެހެނިހެން ދިރޭތަކެއްޗާއި އަޅާލާ އެތަކެތި ރަނގަޅަށް ބެލެހެއްޓުމަކީ އަހަރުމެންގެ ޒިއްމާއެކެވެ. ޖަނަވާރުންނާ ދެތެރޭ އަޅާލާ އެސޮރުމެންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރަން އޭނާއަށް ހިތްވަރު ލިބުނީ ދަލައި ލާމާ ބުނެފައިވާ ވާހަކައަކުންނެވެ. "އިންސާނުންނަށް ހަޔާތް ޚައްޞަވާ ފަދައިން ވާހަކނުދެކެވޭ އެހެނިހެން މަޚްލޫގުންނަށް ވެސް ހަޔާތް މުހިއްމެވެ. އިންސާނުން އުފާ ބޭނުންވާ ފަދައިން އެހެނިހެން މަޚްލޫގުންވެސް އުފާ ބޭނުންވެއެވެ. ވޭނާއި ތަދޫ އަދި ބިރުވެރިކަމުން ދުރުހެލިވާން ބޭނުނެވެއެވެ. އިންސާނުން ދިރިއުޅެން ބޭނުންވާ ފަދައިން ޖަނަވާރުންވެސް ދިރިއުޅެން ބޭނުނެވެއެވެ." ޖަނަވާރު ކޮށްޓެއް ހަދަން އޭނާ އަށް ހިތްވަރު ލިބުނުގޮތް އޭނާގެ ބަޔާނުގައި ކިޔައިދީފައިވެއެވެ.

އެހެންކަމުން އޭނާގެ އުފަންދުވަހު އެހެނިހެން ދިރޭ ތަކެެއްޗަށް ހަމަ ހައްގު ހޯދާއި ދިނުމަށާއި އަޅާލުމާއި ލޯބި ހޯދައިދިނުމަށް ޖަނަވާރު ކޮށްޓެއް ހަދަން ނިންމީއެވެ. އަނުޝްކާގެ އުފަންދުވަހަކީ މިއަދެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.