އެމީހުން ޖެހޭނީ ޚަރަދުކުރަން، އެމީހުން ޚަރަދުކުރާނެ: ޓްރަމްޕް

ރައީސު ޑޮނާލްޑް ޓްރަމްޕް އޭނާއަށް ތާއީދުކުރާ މީހުންނާއެކު

އެެމެރިކާއިން މެދު އިރުމަތީގައި ހިންގާ އަސްކަރީ ޚަރަދުތަކަށް މުއްސަނދި އަރަބި ގައުމުތަކުން ފައިސާ ދޭން ޖެހޭނެކަމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ. އޭނާ ވަނީ "އެމީހުން ކުރަން ޖެހޭ ހޭދަ" އެމީހުން ލައްވާ ކުރުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިޝިގަން ސްޓޭޓުގައި އޭނާއަަށް ތާއީދުކުރާ މީހުންނާ މުޚާޠަބުކުރައްވަމުން އޭނާ ވިދާޅުފައިވަނީ މުއްސަނދި އަރަބި ގައުމުތަކުގައި ހުރި ފައިސާ ގިނަކަމުން އެފައިސާއިން ކުރަންވީ ކަމެއްވެސް އެބައިމީހުންނަށް ނޭނގޭ ކަމުގައެވެ. "އަހަރުމެން ވަނީ ބޭކާރު ގޮތުގައި މެދުއިރުމައްޗަށް 7 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފަ. އޭގެ ބަދަލުގައި އަަހަރުމެންނަށް އެއްވެސް އެއްޗެއް ލިބިފައި ނުވޭ." އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގެ ގައުތަކުން ޒިންމާ އުފުލުމަށް އޭނާ އެގައުމުތަކުގައި އެދިވަަޑައިގެންފައިވާ ކަމުގައެވެ. "އަހަރުމެން އެމީހުން ލައްވާ އަހަރުމެން ޚަރަދުކުރުވާނަން. އެމީހުން ޚަރަދުކުރާނެ." އަންނަ ނޮވެންބަރު މަހު ބާއްވާ ކޮންގްރެސް ގެ މިޑްޓާމް އިންތިޚާބަށް ރިޕަބްލިކަން ޕާޓީއަށް ކެމްޕޭންކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވިއެވެ.
ސީރިޔާގައި އެމެރިކާ ސިފައިންނަށް ދެން ތިބެވޭނީ ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އެކަމަށް ހިނގާ ޚަރަދު ދޭން އެއްބަސްވާނަމަ ކަމުގައިވެެސް މީގެ ކުރިން ދެއެްކެވި ބައެއް ވާހަކަފުޅުތަކުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ފާއިތު ހަފުތާގައި ފަރަންސޭސީ ރައީސު އިމާނުއެލް މެކްރޯންއާ ބަައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަަކަފުޅުގައި ވެސް ރައީސު ޓްރަމްޕް ވަނީ އަރަބި ގައުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "އަހަރުމެންގެ ހިމާޔަތާ ނުލާ ހަފުތާއަކަށްވެސް އެމީހުންނަށް ދެމި ނުތިބެވޭނެ." އޭނާ ވިދާޅުވެފައި ވެއެވެ. "އެމީހުން ރައްކާތެރިކުރަނީ އަހަަރުމެން. އެމީހުން މިހާރު ޖެހޭނީ އެކަމާ ކުރިމަތިލައި އެކަމަށް އަގުދައްކަން." އެދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.