އަމިއްލައަށް މަރުވާން އުޅުނު ސީއެޗްއެސްސީގެ ކުއްޖަކު މާރުކޭޓާ ދިމާލުން މޫދަށް ފުންމާލައިފި

ސީއެޗްއެސްސީގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރަކު މާލޭ މާރުކޭޓާ ދިމާލުން މޫދަށް ފުންމާލައިފިއެވެ.

މިއަދު މެންދުރެއްހާއިރު ހިނގި މިހާދިސާގައި އަންހެން ދަރިވަރު މޫދަށް ފުންމާލުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ ބަޔަކު ވަނީ މޫދަށް އެރި އެކުއްޖާ ސަލާމަތް ކޮށްފައެވެ. ސީއެޗްއެސްސީގެ ރަސްމީ ޔުނިފޯމާވެސް އެކުގައި މޫދަށް ފުންމާލި އަންހެން ދަރިވަރު އާންމުންގެ އެހީތެރިކަމާއެކު މޫދުން ނެގި ނަމަވެސް އޭރު ވަނީ ގިނަ އަދަދަކަށް ލޮނުބޮވި، ހޭނެތިފައި ކަމަށްވެއެވެ.

އަންހެން ކުއްޖާ މޫދުން ނެގުމަށް ފަހު އާންމުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްޗަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާއަށް މިވަގުތު އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އަންހެން ކުއްޖާ އަމިއްލައަށް މަރުވާން އުޅުނީ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއް ސާފެއް ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.