ރަޝިޔާ، ތުރުކީ އަދި އީރާނުގެ ޚާރުޖީވަޒީރުން ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދުމާ ބެހޭގޮތުން އިއްޔެ މޮސްކޯގައި މަޝްވަރާކުރައްވައިފިއެވެ. މަޝްވަަރާތަކަށް ފަހު އެބޭފުުޅުން ވަނީ ސިޔާސީ ހައްލެއް ހޯދުމުގެ މަަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ވައުދުވެވަޑައިގެންފައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ސީރިޔާގެ ވާދަވެރި ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބަޔަކު ހުރަސްއަޅަމުންދާ ކަމުގައެވެ. ލަވްރޯފް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފާއި، ތުރުކީގެ ޚާރިޖީ ވަޒީރު މަވްލުތު ޖާވުސޮގްލޫއާއެކު ސީރިޔާގައި މިހާރު ހާލަތު އޮތްގޮތާމެދުގައްޔާއި، މިމަހުގެ ކުރީކޮޅު ތިން ގައުމުގެ އެންމެ އިސްވެރިންގެ ބަައްދަލުވުން ނިންމާފައިވާ ކަންކަން ހަރުދަނާކުރުމަށް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.
ތިން ގައުމުގެ ޚާރިޖީ ވަޒީރުން ގުޅިގެން ބޭއްެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާާއާއި، އިނގިރޭސިންނާއި، ފަރަންސޭސިން ގުޅިގެން ސީރިޔާއަށް ދިން މިސައިލް ހަމަލާގެ ސަބަބުން ސިޔާސީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަަތަށް ހުރަސް އެޅިފައިވާ ކަމުގައެެވެ. އަދި އެމެރިކާއިން މަސައްކަތްކުރަނީ ސީރިޔާ ބައިބައިކުރުމަށް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ވަނީ ރަޝިޔާއިން ބޭނުންވަނީ އދ. ގެ ގަރާރު 2254 އާއި ސޯޗީގައި ބޭއްވި ކޮންފަރެންސް އޮން ސީރިިއަން ނޭޝަނަލް ޑައިލޮގުން ފާސްކުރި ނިންމުންތަކާ އެެއްގޮތަށް ސީރިޔާގެ މައްސަލަ ހައްލުުކުރާށެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން 18 ޑިސެންބަރު 2015 ގައި ފާސްކުރި ގަރާރު ނަންބަރު 2254 ގައި ވަނީ ސީރިޔާގައި ދެވޭ ހަމަލާތައް ހުއްޓާލައި، އިންތިގާލީ ސަރުކާރެއް ގާއިމުކޮށް އދ. ގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށެވެ. މިއީ އެމެރިިކާއިން ހުށަހެޅި ގަރާރެއް ނަމަވެސް ރަޝިޔާއިން ވަނި އެގަރާރަށް ތާއީދުކޮށްފައެވެ.
ސޯޗީ ކޮންފަރެންސަކީ ސީރިޔާގެ މައްސަލައިގަައި މަޝްވަރާކުރުމަށް ރަޝީޔާއިން އިސްނަގައިގެން ފާއިތުވި ޖަނަވަރީ މަހު ބޭއެްވި ބައްދަލުވުމެކެވެ. ސީރިޔާގެ އިދިކޮޅު ފަރާތްތަކާއި، އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުން އެ ބައްދަލުވުމުވައި ބައިވެރި ނުވެއެވެ. ރަޝިޔާ ފިޔަވައި ބައިވެރިވީ ސީރިޔާއަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ މަންދޫބާއި، އީރާނާއި، ތުރުކީއެވެ. އެބައްދަލުވުމުގައި ނިންމުނު އެންމެ މުހިއްމު ކަމަކީ ސީރިޔާގެ ގާނޫނޫ އަސާސީ އަލުން ލިއުމަށް ކޮމިޓީއެެއް އެކުލަވާލުމާއި، ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސީރިޔާއަށް ގެނެވޭ ކޮންމެ ހައްލެެއް ވާންޖެހޭނީ އދ. ގެ ބައިވެރިވުމާއެކު ގެނެވޭ ހައްލަކަށެވެ. އެެހެންނޫނަމަ އެ ހައްލުގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމުގައެވެ.
ބައްޝާރުލް އަސަދު ހިމެނޭ ހައްލެއް ހޯދުމާމެދު ރަޝިޔާއާއި އީރާނުގެ ސިޔާސަތާ ތުރުކީން ދެކޮޅު ނަމަވެސް ތުރުކީވަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ.