ޝިލްޕާ ޝެޓީ ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރް ތަރި ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ. ޝިލްޕާ އާއި އޭނާގެ އާއިލާ ރާއްޖެ އައީ މިއަދު އެވެ.

ޝިލްޕާ  އާއި އާއިލާ ރާއްޖެ އައީ މިއަދުއެވެ. ޝިލްޕާ ވަނީ އޭނާގެ އިންސްޓެގްރާމް ސްޓޯރީގައި ރާއްޖެ އާއި އޭނާ ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓުގެ ފޮޓޯ ޝެއަރ ކޮށްފައެވެ. ކަނުހުރާގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯ އަކާއި ވީޑިއޯއެއް އޭނާގެ އިންސްޓެގްރާމްގައި ޝެއަރ ކޮށްފައިވެއެވެ.

ޝިލްޕާ ރާއްޖެ އައިސްފައިމިވަނީ ވަރަށް ބުރަކޮށް އެކި ހަރަކާތްތަކުގައި އުޅެފައެވެ. ފިލްމު ކުޅުމަށްވުރެ އޭނާ މިހާރު އިސްކަމެއް ދެނީ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ވޭތިކުރުމަށް ބާރުއަޅައި އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން އޭނާ ދެ ފޮތެއް ނެރެފައިވެއެވެ. އަދި އޭނާގެ ޔޫޓިއުބް ޗެނަލް، ޝިލްޕާ ޝެޓީ ކުންޑްރާ މެދުވެރިކޮށްވެސް ކަސްރަތާއި ފައިދާ ހުރި ކާނާ ތައްޔާރު ކުރާނެ ގޮތްތަކާ މެދު މީހުން ހޭލުންތެރި ކުރެއެވެ.

ޝިލްޕާ އަކީ ވަރަށް ހެއްވާ މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. ކޮންމެ އާދީއްތަ ދުވަހަކު އޭނާ އަންނަނީ 'ސަންޑޭ ބިންޖް' ގެ ނަމުގައި ވީޑިއޯ އެއް ޕޯސްޓް ކުރަމުންނެވެ. އެއީ ހަފްތާގެ 7 ދުވަސްތެރެއިން އޭނާ ފޮނިކާއެއްޗެތި ކައި އުޅޭ ދުވަހެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.