ކުޑަ ކުދީންނަށް ޚާއްޞަ ކޮށްގެން "ނޫން! ބޭނުމެއް ނޫން" ގެ ނަމުގައި ފޮތެއް ނެރެފި

ނޫނެކޭ ބުނަން ޖެހޭ ހާލަތްތަކުގައި ނޫނެކޭ ބުނަން ކުދީންނަށް ދަސްކޮށްދިނުމުގެ މަގްސަދުގައި މައިންބަފައިންނާ ކުދީންނަށް ޚާއްޞަ ކޮށްގެން ފޮތެއް ނެރެފިއެވެ. މި ފޮތުގެ ނަމަކީ "ނޫން! ބޭނުމެއް ނޫނ!ް" އެވެ. މި ފޮތް ލިޔެފައި ވަނީ މއ. ހައިވަކަރުގޭ ލީލާ އަހްމަދެވެ.

ކުޑަ ކުދީންނަށް ގަޔާނެވާނެ ގޮތަކަށް ކުރެހުންތަކާ އެކު ލިޔެފައިވާ މި ފޮތަކީ މައިންބަފައިންނާއި ބެލެނިވެރީންނަށް ވަރަށް މުހިއްމު ފޮތެކެވެ. ކުދީންނަށް ރައްކާތެރި ވެށްޓެއް ހޯދައި ދިނުމަކީ މައިންބަފައިންގެ ޒިއްމާ އެކެވެ. އެހެން ކަމުން ތުއްތު އިރުން ފެށިގެން ކުދީންނާ ރަނގަޅު ގުޅުމެއް ގާއިމުކޮށް ކުދީންނަށް  ދިމާވާ ކޮންމެ ނުރައްކަލެއްގެ ވާހަކަ އެއްމެ ފުރަތަމަ ހިއްސާ ކުރާ ބަޔަކީ މައިންބަފައިން ކަމުގައި ހަދަން ޖެހެއެވެ.

ކުދީންގެ ހަށިގަޑު ފޮރުވަން ޖެހޭ ކަމާއި އަދި ކޮންމެ ކޮންމެ މީހަކަށް އެކުދީންގެ ހަށިގަނޑުގައި އަތް ނުލެވޭނެ ކަން ނުވަތަ ފެންނަން ނުވާނެ ކަން ކުދީންނަށް ކިޔައިދޭން ޖެހެއެވެ. ކުދީންގެ ހަށިގަނޑުގައި އަތް ނުލެވޭނެ ކަމާއި އަތް ލައިފި ނަމަ ނޫނެކޭ ބުނަން ދަސްކޮށް ދޭން ޖެހެއެވެ. އަދި ކުއްޖާ އަށް ގޮސް އެވާހަކަ މައިންބަފައިން ގާތު ބުނެވޭ ވަރަށް އެކުދީންނަށް މި ވާހަކަ ކިޔައަިދޭން ޖެހެއެވެ. މެޓާ، ޗޮކްލެޓް ފަދަ ތަކެތި ދީގެން ނުވަތަ ބިރު ދައްކައިގެން ވެސް ކުދީންގެ ގައިގައި އެއްވެސް މީހަކަށް އަތް ނުލެވޭނެކަން ކުދީންނަށް ބުނެދޭން ޖެހެއެވެ. ޖިންސީ ގޯނާ އާއި އެކި ކަހަލަ ގޯނާ ލިބޭ ކުދީން ދިވެހި ރާއްޖޭގައި މިދަނީ އިތުރުވަމުންނެވެ.

NOON BEYNUMEH NOON

“By the time you finish reading this, 15 children will have been abused; in the next five minutes; 30 more; within next hour 360 more; And by tonight; close to 8000+ children will have suffered from abuse; 5 of which will die. Child abuse has increased 134% since 1980 and is now considered a worldwide epidemic. The high jump in child abuse death and the shocking increase in statistics highlights the frightening lack of public knowledge”. EDUCATE YOURSELF AND YOUR CHILDREN..#stopchildabuse #noonbeynumehnoon #getyourcopy #firstguideindhivehi #protectyourchildren

Posted by Foiy Alamaari on Tuesday, March 20, 2018

"ނޫން! ބޭނުމެއް ނޫން!" ނެރެދެއްވީ ޑރ. އާއިޝަތު އަލީ ނާޒް އެވެ. ނާޒްގެ ވާހަކައިގައި މިފޮތަކީ ކޮންމެ ގެއަކަށް ވެސް ވަރަށް ބޭނުންތެެރި ފޮތެއް ކަމުގައި ފާހަގަކުރެއްވިއެވެ. ތުއްތު އިރު ލިބޭ އެކިކަހަލަ ގޯނާތައް ސިއްރު ކުރެވުމުގެ ސަބަބުން ބޮޑެތި ވެގެން ފަރުވަ ހޯދަން ޖެހޭ ކަމަށް ޑރ. ނާޒް ވިދާޅުވިއެވެ. ، ބޭނުމެއް ނޫނޭ ، ބުނަން ދަސްކޮށްދެވިއްޖެނަމަ އުފާވެރި މުޖަތަމައެއް ބިނާ ކުރެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފޮތް ނެރެދެއްވި ހަފްލާގައި ކުޅީވަރު ޝަޚްސިއްޔަތެއް ކަމުގައިވާ މައުރޫފް އަހްމަދް (މާއްޓޭ) ވެސް ވާހަކަ ދެއްކެވިއެވެ. މައުރޫފް އަހްމަދް ވިދާޅުވި ގޮތުގައި ވަށައިޖެހޭ ގޮތަކަށް ކުދީން ތަރުބިއްޔަތު ކުރުމަށްޓަކައި މި ފޮތަކީ ވަރަށް މުހިއްމު ފޮތެކެވެ. އަދި ކުޅިވަރުގެ މައިދާން ފަދަ ތަންތަނަށް ކުދީން ދޫކޮށްލާ އިރު ކުދީންނަށް ދިމާވާ ނުރައްކަލުގެ ވާހަކަ ބެލެނިވެރިންނާ ހިއްސާ ކުރެވޭ ވަރަށް ކުދީންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރާއްޖޭގެ ތަފާސްހިސާބު ނޭނގުނު ކަމުގައި ވިޔަސް އޮލިމްޕިކް ޑޮކްޓަރެއްގެ ފަރާތުން އެތްލީޓުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަ ފާހަގަކޮށްފައެވެ. ނޫނެކެޭ ބުނަން ކުދީންނަށް ދަސްކޮށްދެވިއްޖެނަމަ މިފަދަ ގޯނާތަކުން ކުދީން ސަލާމަތްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލީލާ އަހްމަދް އަކީ ދިވެހި ރާއޖޭގެ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އެކެވެ. އޭނާ ވަނީ 'އަރލީ ޗައިލްޑހުޑް' ގެ ރޮނގުން މާސްޓަރސް ހައްދަވާފައެވެ. މަހްދީ އަކީ ރާއްޖޭގެ މަޝްހޫރް ސްކްރީން ލިޔުންތެރިއެކެވެ. ލީލާ އަޙްމަދާއި، މަހްދީ އަޙްމަދާއި، މަޢުރޫފް އަޙްމަދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ.

"ނޫން! ބޭނުމެއް ނޫން!" ބައްލަވައިގަންނަވާން ބޭނުންފުޅު ބޭފުޅުންނަށް ފޭސްބުކް މެދުވެރިކޮށް ފޮތް ބައްލަވައިގަނެވޭނެއެެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.