ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އަލީ ޒަފަރް 100 މިލިއަން ރުޕީސްގެ ލީގަލް ނޯޓިސް އެއް ޝާފީ އަށް ފޮނުވައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ޒަފަރް އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އާއްމުކުރުމާއި ގުޅިގެން މީޝާ ޝާފީ އަށް އޭނާ ލީގަލް ނޯޓިސް އެއް ފޮނުވައިފިއެވެ.

އަލީ ޒަފަރް އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ޝާފީ އޭނާގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތެވެ. ޝަފީއަށް ފޮނުވި ނޯޓިސްގައިވާ ގޮތުން އޭޕްރިލް މަހުގެ 19ވަނަ ދުވަހު ކުރި ޓްވީޓް ޑިލީޓްކޮށް ނޯޓިސް ލިބޭތާ ދެ ހަފްތާ ތެރޭގައި އިލެކްޓްރޯނިކް މީޑިއާގައި މާފަށް އެދެންވާނެއެވެ. މާފަށް ނޭދިއްޖެނަމަ ޝަފީ އާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލާނެއެވެ. އަލި ޒަފަރް ގެ ވަކީލު ސިބްތާއިން ފަޒްލީ ބުނެފައިވަނީ މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލު މީޑިއާ އާ ހިއްސާ ކުރަމުންދާނެއެވެ ޝާފީގެ ލޯޔަރު އަހްމަދް ޕަންތޯސާ ބުނެފައިވަނީ މިހާތަނަށް އަލީ ޒަފަރްގެ ފަރާތުން ޝަފީ އަށް ލީގަލް ނޯޓިސް އެއް ލިބިފައި ނުވާ ކަމަށެވެ.  .

ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ފަންނާނެއްގެ ބޮލުގައި މިހާ ބޮޑު ތުހުމަތެއް މީގެ ކުރީން އަޅުވައިފައި ނުވާ ކަމަށް ޕާކިސްތާނުގެ މީޑިއާ އިން ރިޕޯޓު ކުރެއެވެ. ޝާފީވަނީ އަލީ ޒަފަރް އެކިފަހަރު މަތީން އޭނާ އަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެފައެވެ. ނަމަވެސް އަލީ ޒަފަރްގެ ބޭންޑްގެ މެންބަރުންވެސް ވަނީ އެވާހަކަ ދޮގުކޮށްފައެވެ. ޝާފީ އަށް ތާއީދުކޮށް އިތުރު ދެ މީހަކު އަލީ ޒަފަރް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނި ނަމަވެސް އިއްޔެ ޕާކިސްތާނުގެ ބައެއް ފަންނާނުން ބުނެފައިވަނީ އެމީހުންނަކީ ވެސް އަންހެނުން ކަމަށާއި ފިރހެނުންނާއި އެކީ މަސައްކަތް ވެސް ކުރާ ކަމަށެވެ. އަދި ފިރިހެނުންނަށް އިހްތިރާމް ކުރުމުން އެމީހުންގެ ފަރާތުން އިހްތިރާމް ލިބޭ ކަމަށާއި އެހެން ކަމުން މީސްމީޑިއާގައި ހިއްސާ ކުރާނެ ވާހަކައެއް ނެތް ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ. މި ފަންނާނުންވެސް ވަނީ އެމީހުންގެ ޓްވީޓުގައި މީޓޫ ހޭޝްޓެގް ބޭނުންކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.