ސާނިއާ މިރްޒާ އާއި ޝުޢައިބް މާލިކް އަށް ދަރިއަކު ލިބެނީ

އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ އާއި އޭނާގެ ފިރިމީހާ ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ޝުޢައިބް މާލިކް އަށް ދަރިއަކު ލިބެން އުޅޭކަން އެދެމީހުން މިއަދު ހާމަކޮށްފިއެވެ.

ސާނިއާ ފުރަތަމަ ދަރުފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފައިވަނީ ކުރެހުމަކުންނެވެ. އެކުރެހުމުގައިވާ ލޮކަރ ރޫމްގައި ސާނިއާ ގެ ފަހު ނަން (މިރްޒާ) އާއި ޝުޢައިބުގެ ފަހު ނަން (މާލިކް) ޖަހާފައިވާ ދެ ޖާޒީ ފެންނާން އޮވެއެވެ.

މީގެ ދުވަސްކޮޅެއް ކުރީން މީޑިއާ އަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވާ ގޮތުގައި އާއިލާ އެއް ފަށާއިރު އޭނާ ފުރަތަމަ ބޭނުނަވަނީ އަންހެން ކުއްޖެކެވެ. އަދި އެކުއްޖާގެ ދެވަނަ ނަމަކަށް ކިޔަން ބޭނުން ވަނީ "މިރްޒާ މާލިކް" އެވެ. އެ އިންތާރވިއުގައި ސާނިއާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ޝުޢައިބު ވެސް ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޝުޢައިބު ބުނެފައިވަނީ ހަޔާތުގެ މުޅީން އާ ހަރުފަތަކަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި ދެމަފރިން ވެސް މިދަތުރަށް ތައްޔާރު ކަމަށް އޭނާ ބުނަފައިވެއެވެ.

View this post on Instagram

#BabyMirzaMalik ??❤️ @daaemi

A post shared by Sania Mirza (@mirzasaniar) on

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.