ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އަށް ދަރިކަލަކު ލިބިވަޑައިގެންފި

ޕްރިންސް ވިލިއަމް އަށް މިއަދު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފިއެވެ. ޝާހީ ގަނޑުވަރުގެ ރަސްމީ ޓްވިޓަރ އެކައުނޓުން ޓުވީޓުކުރައްވާފައިވާ ގޮތުގައި ޕްރިނސް ވިލިއަމް އާއި އަނބިކަނބަލުން ޑަޗެސް އޮފްކެމްބްރިޖް އަށް ދަރިކަލަކު ލިބިވަޑައިގަތީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހެނދުނު 11 ގަޑި 1 މިނިޓްގައެވެ. ދަރިކަލުންގެ ބަރުދަނުގައި 8 ޕައުންޑް 7 އައުންސް ހުރިކަމަށް ޓްވީޓުގައި ވެއެވެ.

މި ޚަބަރު ޝާހީ އާއިލާގެ މެންބަރުންނާ ހިއްސާ ކުރައްވާފައިވާކަމަށްވެސް ޓްވީޓުގައި ވެއެވެ.

ކޭޓް އޮންނެވީ އެސްޓީ މޭރީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަދު ލިބިވަޑައިގެންނެވި ދަރިކަލުންނަކީ ޕްރިންސް ވިލިއަމް އާއި ކޭޓް ގެ ތިން ވަނަ ދަރިފުޅެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.