ރޭ ދަންވަރު ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ މާލޭ ކާނިވާ ސަރަހައްދުގައި އިމާރާތް ކުރަމުންދާ މިސްކިތް ކައިރީގައި ކަމަށެވެ.
އެ ފުލުސްމީހާގެ ގައިގައި ތަޅައި މާރާމާރީ ހިންގުމަށްފަހު ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާގެ ބުރިކައްޓާއި ކަނދުރާއަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާއަށްފަހު އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.
ފުލުހުންނަށް އެފަދަ ހަމަލާދީ މަރާމާރީ ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް މީގެ ކުރިން ފުލުހުންވަނީ ވިދާޅުވެފައެވެ.