މާލެއިން އެކަނި މިއަދު 70 ޓަނު ކުނި ނަގައިފި

ތިމާވެއްޓާބެހޭ މިނިސްޓްރީއާއި، ވެމްކޯ ގުޅިގެން މާލެއާއި ވިލިގިލި (ވިލިމާލެ) ސާފު ކުރުމަށް މިއަދު 7:30 އިން 9:30 އަށް ހިންގި ޕްރޮގްރާމުގައި މާލެއިން އެކަނި 70 ޓަނުގެ ކުނި ނަގައިފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާއު ވިދާޅުވީ ވިލިމާލެއިން ނެގިފައިވާ ކުނީގެ ތަފްސީލެއް އަދި ލިބިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ސާފުކުރުމުގެ ހަރަކާތަކީ މާދަމާއިން ފެށިގެން މާލެއާއި، ވިލިމާލޭގެ ކުނިނެގުން ވެމްކޯއިން ހަވާލުވާތީ ވެމްކޯއަށް ލުޔެއް ދިނުމުގެ ގޮތުން ބޭއްވި ސާފުކުރުމެއް ކަމަށެވެ.

މިއަދުގެ ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި އާންމުންނާއި ކުންފުނި ތަކުގެ މީހުންވަނީ ބައިވެރިވެފައެވެ. މިއަދުގެ ހަރަލާތުގައި ބައިވެރިވުމަށް ޖުމްލަ 4000 އެއްހާ މީހުން ރަޖިސްޓްރީ ކުރިއެވެ. ގިނަ އަދަދެއްގެ މީހުން ނުކުމެ މިހާރު މިވަނީ މާލެ އެއްކޮށް ސާފުކޮށްފައެވެ.

މި ޕްރޮގްރާމް މިހާ ކާމިޔާބު ކަމާއެކު ނިންމައިލެވުނީ 120 އޮފީހަކުން 4500 އެއްހާ މީހުންގެ އެއްބާރުލުން ލިބިގެން ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރުގެ ނާއިބު އަލީ އާމިރު ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން ވެމްކޯއިން މާލެތެރޭއިން ކުނިނަގަން ފެށުމުން އިތުރަށް ހަޑިނުވެ މާލެ ސާފު ސިޓީއެއްގެ ގޮތުގައި ބޭއްވޭނެ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.