މީރާއިން ކެއަރ ސޮސައިޓީއަށް ފައިސާގެ އެހީއެއް ދެއްވައިފި

މީރާއިން ކެއަރ ސޮސައިޓީއަށް 52،000 ރުފިޔާގެ އެހީއެއް ދެއްވައިފިއެވެ. އެއީ ކެއަރ ސޮސައިޓީ އިން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާ ހަދަން ހެދުމަށްޓަކައި މީރާގެ މުވައްޒަފުން ދެއްވި ހަދިޔާއެއް ކަމަށް އެތަނުން ވިދާޅުވިއެވެ.

މިރާގެ ފަރާތުން އެފައިސާ ކެއާސޮސައިޓީއާ ހަވާލު ކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު އަހުމަދެވެ. ކެއާސޮސައިޓީން އެފައިސާއާ ހަވާލުވެ ވަޑައިގެންނެވީ ޗެއާޕާސަން ތާހާ ސަލީމެވެ.

ޔާޒީދު ވިދާޅުވީ މިފަދަ ކަންކަމަކީ މީރާގެ މުވައްޒަފުންނާއި މީރާގެ ކުލަބުން ވަރަށް އިސްކަމެއް ދެއްވައިގެން އިޖުތިމާއީ ކަންކަމަށް އިސްކަން ދެއްވައިގެން ކޮންމެ އަހަރަކުވެސް ކުރައްވާ ކަމެއް ކަމަށެވެ.

ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތާހާ ސަލީމް ވިދާޅުވީ މި ފަދަ އެހީތަކަކީ ކެއަރ ސޮސައިޓީއަށާއި ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއްކަމަށެވެ. މީރާގެ މުވައްޒަފުން މި ދެއްވި އެހީއަކީ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމުކަމެއް ހާސިލްކުރުމަށް ވެވޭ ވަރަށްބޮޑު އެހީއެއް ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.