ސާފުރާއްޖެ މާ ސާފު މާލެ ޕްރޮގްރާމް މާދަން ހެނދުނު

ތިމާވެއްޓާބެހޭ މިނިސްޓްރީއާއި، ވެމްކޯ ގުޅިގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ސާފުރާއްޖެ-މާސާފު މާލެ" ޕްރޮގްރާމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް މިނިސްޓްރީ އެދިވަޑައިގެންނެވިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވީ މާދަމާ ފެށުމަށް ތައްޔާރުވެފައިވާ ހަރަކާތް މާލެއާއި، ވިލިގިލީގައި ކުރިއަށްދާނެ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން މާލެ ސިޓީއާއި ވިލިގިލި (ވިލިމާލެ) ގެ މަގުތަކާއި ތަންތަން ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.

މާދަމާ މިހަރަކާތް ކުރިއަށް ގެންދާނީ ހެނދުނު 6:00 އިން 9:00 އަށެވެ. ހަރަކާތް ފެށުން އޮންނާނީ ހެންވޭރު ބޯޅަދަނޑުގައެވެ. އެތަނުން އެހަރަކާތް ފަށައިގެން މާލެއާއި ވިލިގިލީގެ މަގުތަކާއި އާންމު ތަންތަން ސާފު ކުރުމަށްވަނީ ނިންމައިފައެވެ.

ވެމްކޯއާއި ތިމާވެއްތާބެހޭ މިނިސްޓްރީން މިފަދަ ހަރަކާތެއް މިބާއްވަނީ މާލެ "ކުނިވެފައި" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.

"މާދަމާގެ ހަރަކާތް ފަށާނީ ހެނދުނު 6:00 ގައި، ނިމޭނީ 9:00 ގައި. ވީހާވެސް ގިނަބަޔަކު އައިސް ސާފުކުރުމުގެ މިހަރަކާތުގައި ބައިވެރިވުން އެދެން،" މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިޕްރޮގްރާމް ކުރއަށްދާއިރު އެބޭފުޅެއްގެ ގޭދޮށް ސާފުކުރާއިރު އެހަރަކާތުގައި އެގެއެއްގެ މީހުން ބައިވެރިވުމަށްވެސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.