ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ދީޕިކާ ޖާގަ ހޯދައިފި

ޓައިމް އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ 2018ވަނަ އަހަރުގެ ލިސްޓުން ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ޖާގަ ހޯދައިފިއެވެ. އިންޑިއާގެ ކްރިކެޓް ޓިމުގެ ކެޕްޓަން ވިރާތު ކޯލީ ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދައިފައެވެ.

ނުފޫޒު ގަދަ މީހުންގެ ގޮތުގައި ހޮވޭ މީހުންނަކީ ބާރު ގެ ގޮތުން ނުވަތަ މަގާމުގެ ގޮތުން ނުފޫޒު ގަދަ މީހުންނަށް ވާކަށް ނުޖެހެއެވެ. އެމީހަކު ކުރާ މަސައްކަތުގެ ސަބަބުން ބަޔަކަށް އެމީހުންގެ މަސައްކަތުން ކޮންމެވެސް ކަހަލަ އަސަރެއް ފޯރުވާ ވަރަށް ގިނަ މީހުން މި ލިސްޓުން ޖާގަ ހޯދައެވެ. 

ޓައިމް އިން ނެރޭ ލިސްޓަކީ ދުނިޔޭގެ ފެންވަރުގައި އެކި ދާޢިރާ ތަކުން ފާހަގަ ކުރެވޭ ކާމިޔާބީ ހާސިލް ކުރާ މީހުން ހިމަނާ ލިސްޓެކެވެ. މިއީ  އެންމެ ނުފޫޒު ގަދަ 100 މީޙުންގެ ލިސްޓު ނެެރޭތާ 15ވަނަ އަހަރެވެ.

މިއަހަރު ރިލީޒްކުރި ދީޕިކާ ގެ ފިލްމް ޕަދްމާވަތް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދައިފައެވެ. އޭނާގެ ފިލްމަށް 300 ކްރޯޑް ރުޕީސް ލިބުނެވެ. މިއީ އަންހެނަކު ލީޑް ރޯލް ކުޅުނު ފިލްމަކަށް 300 ކުރޯޑް ލިބުނު ފުރަތަމަ ފިލްމެވެ. އޭނާ އަކީ މިހާރު އިންޑީއާގައި ހުރި އެންމެ އަގު ބޮޑު އަންހެން ތަރި އެވެ، ނަމަވެސް ބޮޑު އަގު ދީގެން ފިލްމް ކުޅުވިޔަސް އެކަށީގެންވާ ފައިދާ ލިބޭނެކަމުގެ ޔަގީންކަން އޮންނަ ތަރިއެއްވެސް މެއެވެ.

ދީޕިކާ އަކީ މާޔޫސީ ބައްޔާ މެދު މީހުން ހޭލުންތެރި ކޮށް މާޔޫސީ ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެންޖީއޯ އެއް އުފައްދައިފައެވެ.

މިއަހަރުގެ ޓައިމް އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކިމް ޖޮންގ އުން އާއި އޮޕްރާ ވިންފްރޭ އާއި ނިކޯލް ކިޑްމަން އާއި ޖެނިފަރ ލޮޕެޒް އާއި ޕްރިންސް ހެރީ އަދި މއގަން މާކެލް ފަދަ މަޝްހޫރު މީހުން ހިމެނެއެވެ.

2016ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދައިފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.