މެމްބަރު އަލީ ޙުސައިން މަސް މާރުކޭޓުގައި މަސް ކެނޑުމުގައި!

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން މާލޭ މަސް މާރުކޭޓުގައި މަސް ކަނޑުއްވަން ހުންނެވި މަންޒަރު ހިމެނޭ ފޮޓޯ ތަކެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މާރުކޭޓުގައި މަސް ކަނޑުއްވަން ހުންނެވި ފުރަތަމަ ފަހަރެވެ. އެހެންވެ އަލީ ޙުސައިން މަސް ކަނޑުއްވަން ހުންނެވި ފޮޓޯ މީސް މީޑިޔާގައި ދައުރުކުރާ ގިނަބަޔަކު ދަނީ އަލީ ޙުސައިންއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ބަޔެއް މީހުން ފޮޓޯ ޝެއާރ ކުރަމުން ބުނެފައި ވަނީ ބޭނުން ވަނީ ކޮންމެހެން ވަކި މަސައްކަތެއް ކުރަން ނޫން ކަމަށާއި އަމިއްލަ މަސައްކަތުން ޙަލާލް ގޮތުގައި ފައިސާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އަލީ ޙުސައިން މިދެއްކެވީ ރީތި ނަމޫނާއެއް ކަމަށެވެ.

ގާނޫނީ ވަކީލުކަންވެސް ކުރައްވާ އަލީ ޙުސައިން މަސް ކަނޑުއްވާއިރު މަސް މާރުކޭޓުގައި އާންމުކޮށް މަސް ކަނޑަން ހުންނަ މީހަކުވެސް ކައިރީގައި މަންޒަރު ބަލަން ހުރެއެވެ. އަލީ ޙުސައިން މަސް ކެނޑުއްވުމަށް ފަހު މަސް ގަތް މީހާގެ ކޮތަޅަށް މަސް ލައްވާ މަންޒަރުވެސް ފޮޓޯއިން ފެނެއެވެ. އަދި މެމްބަރު އައްޔަ މަސް ކަނޑުއްވަން ހުންނެވީވެސް މަސް ކަނޑާ މީހުން އާންމުކޮށް ލައިގެންތިބޭ މަސް ކަނޑާ ޔުނިފޯމުގައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.