އިންޓަރނޭޝަނަލް މޮޑެރޭޝަން ފޯރަމުން ރައީސް ޔާމީނަށް އެވޯޑެއް އަރުވައިފި

އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މިއަދު އެވޯޑެއް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ރަސްމިއްޔާތުގައި އެ ފޯރަމުގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންއަށް އެވޯޑް ހަވާލުކޮށް ދެއްވީ ފޯރަމުގެ ފަރާތުން މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްބޭފުޅުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް މިއަދު އެރުވި އެވޯޑަކީ އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުން އަރުވާ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑު ރައީސް އަބްދުﷲ ޔާމީނަށް އެ ފޯރަމުން އެރުވި ސަބަބެއް ކަމަށް ބުނެފައި ވަނީ އިސްލާމް ދީނުގެ ސައްޙަ މައުލޫމާތު ފޯރުކޮށް ދެއްވުމަށާއި، ހަރުކަށި ދީނީ ފިކުރާ ދެކޮޅަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް އެކަމުގެ އަގު ވަޒަން ކުރުމެވެ.

އުރުދުންގައި ހިންގަމުން އަންނަ " އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް" ގެ އިސްބޭފުޅުން މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޕީއެސްއެމާއި ގުޅިގެން ބާއްވަމުން އަންނަ "ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމް" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.