ޝިޔާމް މެލޭޝިޔާއަށް ވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ރޭ ފުރާވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ޝިޔާމް މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 16 އިން 18 އަށެވެ.

މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.