ލަންކާގެ މަސްބޯޓެއްގައި ހުރި މީހަކު ޙާލު ބޮޑުވެގެން ރާއްޖެ ގެނެސްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަދެ މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސްބޯޓެއްގައި ހުރި މަސްވެރިޔަކު ޙާލު ސީރިއަސް ވުމުގެ ސަބަބުން އޭނާ ރާއްޖެ ގެނެސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަން ދީގެން ރާއްޖެ ގެނައި ލަންކާ މަސްވެރިޔާއަށް ފަރުވާ ދިނުމަށްޓަކައި ގެންގޮސްފައި ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އުމުރުން 47 އަހަރުގެ މި މީހާއަށް ކުރިމަތިވީ ކޮންމައްސަލައެއް ކަމެއް ސާފެއް ނުވިއެވެ.

އެނގިފައިވާ ގޮތުގައި ލަންކާ މަސްބޯޓުގެ ޚަބަރު ދިވެހި ކޯސްޓްގާޑަށް ލިބުމުން ކޯސްގާޑް އެ ބޯޓު ކައިރިއަށް ދިޔައީ ޑޮކްޓަރުންގެ ޓީމެއްވެސް ގޮވައިގެންނެވެ. އޭނާ ކުޅުދުށްފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.