ރޯދަމަހު ފަހު 15 ގައި އުމްރާއަށްދާން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފި

މިއަހަރު ރަމަޞާން މަހުގެ ފަހު ފަނަރައިގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށްދާން ބޭނުންވާ މީހުން ފައިސާ ދެއްކުމަށް ކުރިން އޮތް މުއްދަތު އިތުރު ކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެފަރާތުގެ ހަވާލުގައި ރޯދަ މަހު ފަހު ފަނަރައިގައި އުމްރާއަށް ދާންބޭނުންވާ މީހުން ނަން ނޯޓުކޮށް، ފައިސާ ދެއްކުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށާއި އެގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަމީހުންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. ފައިސާ ބަލައިގަތުން މިމަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު ފަހު 12:30 ވަންދެން ކުރިޔަށްދާނެ ކަމަށްވެސް ކޯޕަރޭޝަނުން ބުންޏެވެ. ރޯދަ މަހު އުމްރާއަށްދާ މީހުންގެ އަތުން މިފަހަރު ޙައްޖު ކޯޕަރޭޝަނުން ނަގަނީ 37،969 ރުފިޔާއެވެ.

ޙައްޖު ކޯޕަރޭޝަނުގެ އިތުރުންވެސް އަމިއްލަ 15 ކުންފުންޏަކަށް މިއަހަރު ރަމަޞާން މަހު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.