ފޮޓޯގްރަފީ ކޯސް ފުރިހަމަކުރި 84 ދަރިވަރަކަށް ސެޓްފިކެޓްދީފި

ހައްދުންމަތީ ފޮނަދޫގައި ހިންގި ފޮޓޯގްރަފީ ކޯސް ފުރިހަމަކުރި 84 ދަރިވަރަކަށް މިރޭ ސެޓްފިކެޓް ދެއްވައިފިއެވެ.

މިއީ އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފައިވާ ޕްރޮގްރާމުގެ ދަށުން ތަމްރީމް ކުރެވުނު 84 ފޮޓޯގްރާފަރުންނެވެ.

އެ ކުދިންނަށް ސެޓްފިކެޓް ދެއްވުމުގެ ހަފްލާ ބާއްވައިފައިވަނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ މާލަމުގައެވެ. އެ ހަފްލާގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޝިހާމެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ދިވެހި ފޮޓޯގްރާފަރުން އުފައްދައި އެމީހުންގެ މަސައްކަތުން އާމްދަނީއެއް ހޯދައި ދިނުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިއީ 2016 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށިފަހުން އެކި ރަށްރަށުގައިވަނީ މި ކޯސް ހިންގައިފައެވެ.

ފޮނަދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެރަށު ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވައިޑީއެސް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގުޅިގެންނެވެ.

މިކޯހުގައި ބައިވެރިވެރިން އަމަލީ ބަޔާއި އަދި ރަސްމީކޮށް ބޭނުންކުރަން އިންސްޓޯލްމެންޓަށް ކެމެރާއެއްވެސް ވަނީ ދެއްވައިފައެވެ. އެއީ ނިކޯންޑީ 3400 ގެ ކެމެރާއެކެވެ. އެއަށް މަހަކު ދައްކަން ޖެހެނީ 667 ރުފިޔާއެވެ. ފައިސާ ދައްކަން ދެއްވައިފައިވާ މުއްދަތަކީ އެއް އަހަރެވެ.

ޓިވެޓް އޮތޯރިޓީން ޒުވާނުންނަށް ހިންގި މިފަދަ ކޯސްތަކުން މިހާތަނަށްވަނީ 8500 އަށްވުރެ ގިނަ ޒުވާނުން އެކިދާއިރާތަކުން ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ފާމަސީ އެސިސްޓެންޓުންނާއި، ނަރުހުންނާއި، ފުޑުއެންޑް ބެވަރެޖު ދާއިރާއިންނާއި ފަތުރުވެރި ކަމުގެދާއިރާ ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.