މަޅުމަތި: އެޑިޓަރުގެ ޑިގްރީ

އަހަރެން ބުނީމެވެ.

މި ޚަބަރު ކަލޭ ހޯދީ ކިހިނެއް ހެއްޔެވެ؟

މިޔަކު ތެދުގެ އެއްވެސް އަސަރެއް ނެތެވެ.

އަހަރެން އެތާނގައި މަންޒަރު ބަލާން ހުރީމެވެ.

ކަލޭ ލިޔެފައި މިއޮތީ ކަން ހިނގައި ދިޔަ ގޮތަކަށް ނޫނެވެ.

ނޫސްވެރިޔާ ބުންޏެވެ.

މިއީ މި ޒަމާނުގެ ޚަބަރު ލިޔާ ގޮތެވެ.

ތެދެއް ދޮގެއް ބަލާނޭ ކަމެއް ނެތެވެ.

އެމީހަކަށް ފެނުނު ގޮތަކަށް ލިޔެލީމާ އޮންނާނީ ރަނގަޅަށެވެ.

އެޑިޓަރަކަށް ހުރިހާ ކަމެއް ނުފެންނާނެއެވެ.

ދޮގު ޚަބަރު ލިޔުނަކަސް އޭނާއަކަށް ނޭނގޭނެއެވެ.

އަހަރެން ބުނީމެވެ.

ތިޔައީ ވަރަށް ދެރަ ކަމެކެވެ.

ނުކިޔަވާ ތިބެގެން ނޫސްވެރިކަން ކުރީމާ ވާނީ ތިޔަ ކަހަލަ ގޮތެކެވެ.

ކަލޭ އެއްވެސް ތަނަކުން ނޫސްވެރިކަން ކިޔެވިން ހެއްޔެވެ؟

ނޫސްވެރިޔާ ހީނގަތެވެ.

ކަލޭ މޮޔަވީ ހެއްޔެވެ؟

އަހަރެމެން މިއީ ކިޔަވާން ޖެހޭ ބަޔަކީމެއް ނޫނީމެވެ.

ކިޔަވަން ޖެހެނީ އެޑިޓަރަށެވެ.

މަސައްކަތް ކުރާނީ އަހަރެމެންނެވެ.

އަހަރެމެންގެ އެޑިޓަރުވެސް އެހެރީ ޑިގްރީ ނަގައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.