ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު މުޙައްމަދު ނަވާޒު ޝަރީފަށް ދެން ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތި ނުލެއްވޭނޭ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ނަވާޒު ޝަރީފަކީ ބޮޑު ވަޒީރުކަން ކުރުމުގެ ޝަރުޠު އުނިވެފައިވާ މީހެއް ކަމަށް މީގެ ކުރީން ކޯޓުން ކަނޑައެޅި އެޅުމަކީ މުޅި އުމުރަށް އޮތް ހުކުމެކެވެ.
ނަވާޒު ޝަރީފުގެ ވަކީލުން ކޯޓުގައި ބުނަމުން ދިޔައީ މީގެ ކުރީން ކުރި ހުކުމަކީ އެ ވަގުތު ނަވާޒު ޝަރީފު ހުންނެވި މަގާމުގެ މުއްދަތަށް މަހުދޫދުވެގެންވާ ހުކުމެކެވެ. އެހެންނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމީ އެހެންނެއް ނޫނެވެ.
މި ޙުކުް ކުރީން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމު ކުރާ މުހިއްމު ޝަރުޠެއް އެމަނިކުފާނުގެ ކިބައިން އުނިވެއްޖެ ކަމަށެވެ. އެއީ ތެދުވެރި އަމާނާތްތެރިއަކަށް ވުމެވެ. މި ހުކުމާ ގުޅިގެން އެމަނިކުފާނަކަށް ދެން ދުވަހަކުވެސް ޕާކިސްތާނުގެ ވެރިކަމެއް ނުކުރެއްވޭނެއެވެ.