ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް ޓެކްސީ އަށް ފައިސާ ދައްކައިގެން 1500 ރުފިޔާ ހިލޭ ލިބޭ މުޅިން އާ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގު ޕޭގެ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުއަތު ލުމެއްގައި ބައިވެރި ވެވޭނެއެވެ. އަދި މި ގުރުއަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާ ލިބޭނެއެވެ.
ހަމައެކަނި މާލޭގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ މުދައްތު ހަމަވަނީ 30 ޖޫން 2018 އަށެވެ.
ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ މަހުގައިއެވެ. އަދި މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރި އެބަހުރި ކަމަށް ދިރާގުން ވިދާޅުވިއެވެ. ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެވެ.
ޑިޖިޓަލް ވޮލެޓުގެ ޚިދުމަތަކީ ޓެކްސީއަށް ފައިސާ ދެއްކުމުގެ އިތުރަށް މޯބައިލް ފޯނާއި އެން.އެފް.ސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާދެއް ކުމާއި ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފް ކޮށްފައިވާ ޒަމާނީ ޚިދުމަތެކެވެ.