ނުވިކި ހުރި 47 ފްލެޓް ވިއްކާލަނީ

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހުރި ފްލެޓް ތަކާއި ގާކޮށި ސަރަޙައްދުގައި ހުރި ފްލެޓް ތަކުގެ ތެރެއިން މިހާތަނަށް ނުވިކި ބާކީ ހުރި 47 ފްލެޓް ވިއްކާލަން އެޗްޑީސީން މިއަދު އިއުލާން ކޮށްފިއެވެ.

އެޗްޑީސީން މިއަދު އިއުލާން ކޮށްފައިވާ 47 ފްލެޓްގެ ތެރެއިން 10 ފްލެޓް ހުރީ އަރަބިއްޔާ ސްކޫލް ހުރި ބިމުގައެވެ. އަނެއް 37 ފްލެޓް ހުރީ ގާކޮށި ބިމުގައެވެ. މިއީ އެ ތަންތަނުން ވިއްކަން ކުރިން އިއުލާން ކޮށްފައިވާ 161 ފްލެޓްގެ ތެރެއިން ބާކީ ހުރި 47 ފްލެޓެވެ.

އެޗްޑީސީން ބުނެފައި ވަނީ މި 47 ފްލެޓަށްވެސް 21 އަހަރު ވެފައިވާ ކޮންމެ ދިވެއްސަކަށް ފުރުޞަތު އެބައޮތް ކަމަށެވެ. ފްލެޓް ގަންނަން އޮންލައިންކޮށްވެސް ހުށަހެޅެއެވެ. ފޯމު ހުށަހަޅާތާ 5 ދުވަސް ތެރޭގައި ފައިސާ ހަމަޖެހިފައިވާ ކަމުގެ ލިޔުންވެސް އެޗްޑީސީއަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ފޯމު ހުށަހަޅަން 30 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ފްލެޓް ތަކަކީ އިންޑިޔާގެ ޓާޓާ ކުންފުނިން ހަދާފައިވާ ތަނެކެވެ. ފްލެޓްތައް ކުރިން ލިބުނު މީހުންގެ ތެރެއިން ފައިސާ ހަމަނުޖެހުނު މީހުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓް ދިނުމަށް ހަމަޖެހިފައިވާއިރު ފައިސާ ހަމަނުޖެއްސުނު މީހުންގެ ފްލެޓްތަކުގެ ތެރެއިން ބަޔެއް ފްލެޓް އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވިއްކާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.