ދޫމާއަށް ދެވުނު ކެމިކަލް ހަމަލާއަށް އެމެރިކާއިން އަސްކަރީ ރައްދެއް ދީފާނެ

ދޫމާގެ މަންޒަރެއް

ސީރިޔާގެ އިރުމަތީ އަވަށެއް ކަމުގައިވާ ދޫމާއަށް ސީރިޔާ ސިފައިން ދިން ހަމަލާއާމެދު، އެމެރިކާގެ އަސްކަރީ ވެރިންނާ މިއަދު ރައީސު ޑޮނާލްޑް ޓްރަމްޕް މި މަޝްވަަރާކުރައްވާނެއެވެ. އެހަަމަލާގައި 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެމެރިކާއިން ތައްޔާރު ވަމުން ދަނީ އަސްކަރީ ރައްދެއް ދިނުމަށް ކަމަށްވެއެވެ.
ވައިޓްހައުސްގެ މަސްއޫލުވެރިންގެ ފަރާތުން ޚަބަރު ލިބޭގޮތުގައި މި ބައްދަލުވުމުގައި ދިފާއީ ވަޒީރު ޖޭމްސް މެޓިސްއާއި ސިފައިިންގެ ވެރިޔާ ޖެނެރަލް ޖޯޒެފް ޑެންފޯޑް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކެމިިކަލް ހަމަލާއާ ގުޅިގެން ރައީސު ބައްޝާރުލް އަސަދަކީ 'ހައިވާނެއް' ކަމުގައިި ސިފަކުރައްވަމުން ރައީސު ޓްރަމްޕް ވަނީ ސީރިޔާއިން އެ ޖަރީމާއަށް ބޮޑު އަގެއް ދައްކަން ޖެހޭނެކަމަށް އިންޒާރުކުރައްވާފައެވެ. އަދި ބައިނަލް އަގްވާމީ ތަހުގީގަކަށާއި، އިންސާނީ އެއީއަށް އެސަރަހައްދު ހުޅުވައިލުމަށް ގޮވައިލައްވާފައެވެ.
އެމެރިކާއިން ސީރިޔާއަށް މިސައިލް ހަމަލާއަށް ދީފާނެ ކަމުގެ އަޑު ގަދަވެފައި ވާއިރު ވައިޓްހައުސްގެ ހޯމްލޭންޑް ސެކިއުރިޓީ އެޑްވައިޒަރު ޓޮމް ބޮސާރޓް ވަނީ އެއީ ވެދާނެކަމެއް ކަމަށް އިޝާރާތް ކުރައްވާފައެވެ. ކޮންގްރެސްގެ އިންޓެލިޖެންސް ކޮމިޓީގެ މެންބަރު ސެެނެޓަރ ސޫޒަން ކޮލިންސް އާއި ކޮންގެރެސްގެ އާމްޑް ފޯސަސް ކޮމިޓީގެ މުގައްރިރު ސެނެޓަރ ޖޯން މެކޭން ވެސް ވަނީ ސީރިޔާާއަށް ހަރުކަށި ރައްދެއް ދިނުމަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.