ބަރިސްތާ ވޯކުޝޮޕަކާއެކު، މާސްޓަރ ކްލާސްތަކެއް ބާއްވަނީ

ސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ބަރިސްތާ ވޯކްޝޮޕަކާއި، މާސްޓަރ ކުލާސްތަކެއް ބާއްވަން ތައްޔާރުވެފައިވާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ކައްކާއިންނަށް ޚާއްސަކޮށްގެން ބާއްވާ މާސްޓަރ ކުލާސްތަކެކެވެ. ބީބީއެމް އިން ވިދާޅުވެފައިވާ ގޮތުގައި އެތަނަކީ ރާއްޖޭގައި މަސައްކަތްކުރާ ކައްކާއިންނަށް އެންމެ ގިނަ ފުރުސަތު ހުޅުވައިލަދޭ ތަނެވެ. ބީބީއެމް އިން މި ފަހަރުގެ މާސްޓަރ ކްލާސް ބާއްވަނީ މި މަހުގައި ބާއްވާ، ހޮޓެލް އޭޝިއާ އާ ދިމާކޮށް ކަމަށް އެތަނުން ވިދާޅުވިއެވެ. މިއީ މިގޮތަށް ބާއްވާ ހަވަނަ މާސްޓަރ ކްލާހެވެ.

ހޮޓެލް އޭޝިޔާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާ ގުޅިގެން ބާއްވާ މާސްޓަރ ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގަނޑުއެވެ. އެ ކްލާސްތަކުގައި ކިޔައިދޭނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރު ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތު ޝެއިނާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ އެވެ.

ބީބީއެމް އިން ވިދާޅުވީ މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދިވެހި ކައްކާއިންނަށް ގިނަ ފުރުސަތު ތަކެއް ދޭ ބީބީއެމްއިން ދަނީ ބޭރަށް ފޮނުވައިގެންވެސް ދިވެހި ޝެފުންނަށް ތަމްރީންވާން ފުރުސަތު ދެމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.